ﷲ ތަޢާލާގެ ރަހުމަތާއި ދިންނެވުމާއި ފުއްސެވުންނެތް ފާފައެއް ނުވޭ: ޝެއިހް އާދަމް ނިޝާން
މި ބިންމަތީގައި އިންސާނަކަށް އެފާފައެއްގެ ބޮޑުކަމުން، ގިނަކަމުން ނުވަތަ ނުބާކަމުން ވިޔަސް ﷲ ތަޢާލާގެ ރަހުމަތާއި ދިންނެވުމާއި ފުއްސެވުން ނެތް ފާފައެއް ނުކުރެވޭނެ ކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ޝެއިހް އާދަމް ނިޝާން މިހެން ވިދާޅުވީ އިހަވަންދޫގައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ވޮލެންޓަރީ ސާވިސް އޮފް އިހަވަންދޫ (ވީ.އެސް.އައި) އިން މިއަހަރުގެ ރަމަޟާންމަހު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ރޭ ކުރިއަށްގެންދިޔަ ދީނީ ދަރުސް ދިނުމުގެ ޕުރޮގުރާމުގައި އާއްމު ފަރާތަކުން ހުށައެޅި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބޮޑު ޝިރުކު ކުރާމީހާވެސް ތަޢުބާ ވެވޭނެތޯ؟ މިސުވާލަށް ޖަވާބުދެއްވަމުން ތިމާއަކީ ކިތަންމެ ބޮޑެތި ފާފަތަކެއް ކިތަންމެ ގިނަދުވަހަކު ކިތަންމެ ބައިވަރު ކުރެވިފައިވާ މީހެއް ނަމަވެސް އުއްމީދު ކަނޑާނުލެއްވުމަށް ޝެއިހް އެދިލެއްވިއެވެ. ޝިރުކުގެ ފާފަވެސް އެމީހާ ތަޢުބާ ވެއްޖެނަމަ ﷲ ތަޢާލާ އެފާފަ ފުއްސަވާދެއްވާނެ ކަމަށާއި އަސްހާބު ބޭކަލުންގެ ތެރެއިން އިސްލާމްވެ ވަޑައިގެންނެވި ބޭކަލުން އެބޭކަލުން އިސްލާމް ވުމުގެ ކުރިންވީ ޝިރުކުކޮށް އުޅުނު ބައެއްކަމުގައި ކަން ފާހަގަ ކުރައްވާ އެބޭކަލުން އިސްލާމްވުމާއެކު އެހުރިހާ ކަމެއް ފޮހެވިގެން ގޮސްފައިވާ ކަމަށް ޝެއިހް ވިދާޅުވިއެވެ.
ބޮޑެތި ފާފަ ކުރާމިހުންނަށްވެސް ތައުބާ ވެވޭނެ ކަމަށާއި ޝިރުކުގެ ފާފަ ކުރާމީހާއަށްވެސް އޮތީ އަވަހަށް ތަޢުބާވުން ކަމަށް ޝެއިހް ވިދާޅުވިއެވެ. ރާއްޖޭގައިވެސް ޝިރުކުގެ ކަންތައްތައް ފެންނަކަން ފާހަގަކުރައްވާ ޝެއިޙް ވިދާޅުވީ ސިހުރު ވެރިންގެ ކާރިއަށް ދިއުމާއި، ސިހުރު ހެދުމާއި، ފާލު ބެލުންފަދަ ކަންކަމާއި ސިހުރިވެރިން ހަދާ ޝިރުކުގެ ބަސްތައް ހިމެނޭ ތަވީދުތައް އެލުވުމާއި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ހާއްސަވެގެންވާ އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކަށް އަނބުރާލުން ފަދަ ކަންކަމީ ޝިރުކުކަން ޝެއިޙްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
އެފަދަ ކަންތައް ކުރެވުނު މީހާވެސް އުއްމީދު ކަނޑާނުލާ އަވަހަށް ތަޢުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫއަ ވުމަށް ޝެއިހް ވިދާޅުވިއެވެ. ތެދުވެރިކަމާ އިޙްލާސްތެރިކަމާއެކީ ތަޢުބާވެއްޖެކަމުގައި ވާނަމަ ﷲ ތަޢާލާ ފާފަ ފުއްސަވާ ދެއްވާނެ ކަމަށް ޝެއިޙް ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ
30 - އޭޕްރީލް - 2021
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
ސީ.ޕީ.އެސް އިފްތާރ ދަޅުބަރި ފަށައިގެން ކުރިއަށްގެންދަނީ
16 - އޭޕްރީލް - 2021
ވީ.އެސް.އައި ރޯދަ ހަރަކާތް 1442 ގެ ފުރަތަމަ ދަރުސް މާދަމާރޭ
14 - އޭޕްރީލް - 2021
އިމަގު މަދަހަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޭޕްރީލް - 2021
ވީ.އެސް.އައިގެ ފަރާތުން ދީނީ ޙާއްސަ ޕްރޮގްރާމުތަކެއް
23 - ޑިސެމްބަރު - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް