އިމަގު މަދަހަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ) ގެ މަދަހަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އާމުކޮށް ހުޅުވާލައިގެން އިމަގު ޖަމިއްޔާއިން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހިނގާ އޭޕްރީލް މަހުގެ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.
އިމަގުޖަމިއްޔާއިން ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްޞަ ކުރެވިގެން، ހިންގާ މިމުބާރާތަކީ އިސްލާމީ ފިކުރުތައް އާލާކޮށް، ކީރިތި މާތް ނަބިއްޔާގެ މައްޗަށް ރައްޔިތުންގެ ހިތްތަކުގައި ލޯބިއުފެއްދުމާއި ދީނީ ދަރުސްތަކާއި ޢިބްރަތްތެރި ހާދިސާތަކާއި 'އިލާޙީ އިޝްޤީ' ޅެންތަކާއި މަދަހައާއި ސަނާތައް ކިޔުމުގެ ހުނަރު އާލާކޮށް އެކަމުގެ ޝައުޤު ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމުގެ އިތުރުން މަދަހަ ކިޔުމުގެ ފަންނުވެރީން އުފައްދާ އާ މަދަހަ ކިޔުންތެރިން ތަޢާރަފުކުރުމުގެ މަޤުސަދުގައި އެޖަމިއްޔާއިން ކުރިއަށްގެންދާ މުބާރާތެކެވެ.
އިމަގުޖަމިއްޔާއިން މައުލޫމާތުދެއްވި ގޮތުގައި މިއަހަރުގެ މަދަހަ މުބާރާތް ބަހައިލައިފައިވަނީ 3 ބަޔަކަށެވެ. އެއީ، ވަކިވަކި ބައިވެރިން މަދަހަ ހުށަހެޅުމުގެ ބަޔާއި ގުރޫޕު މަދަހަ ހުށަހެޅުމުގެ ބަޔާއި ޑުއަލް މަދަހަ ހުށައެޅުމުގެ ބައެވެ. ވަކިވަކި ބައިވެރިން މަދަހަ ހުށައެޅުމުގެ ބައި ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު 11 އަހަރުން މަތީގެ އުމުރުފުރާތަކުގެ ބައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިންބުރަކަށް ބަހާލައިގެންކަމަށް އިމަގުން މައުލޫމާތު ދެއްވައެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކުސް ހޯދާ 15 ބައިވެރިން ދެވަނަ ބުރަށް ގެންދާއިރު، ދެވަނަ ބުރުން އެންމެމަތިން މާކުސް ހޯދާ 10 ބައިވެރިން ތިންވަނަ ބުރަށް އަދި ތިންވަނަ ބުރުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިން ފައިނަލް ބުރަށް ގެންދާއިރު މުޅި މުބާރާތުގެ އެންމެ މޮޅު މަދަހަ ކިޔުންތެރިން ހޮވޭނީ ފައިނަލް ބުރުން ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ގުރޫޕު މަދަހަ ހުށަހެޅުމުގެ ބައިގައި ގުރޫޕެއްގެ ގޮތުގައި ބައިވެރިވެވޭނީ މަދުވެގެން 3 ބައިވެރިން ނުވަތަ ގިނަވެގެން 10 ބައިވެރިންގެ ޓީމަކަމަށް ކަމަށް އިމަގުން ހާމަކޮށްފައި ވެއެވެ. މުބާރާތުގެ ޑުއަލް މަދަހަ ހުށައެޅުމުގެ ބައިގައި ބައިގައި ބައިވެރިވެވޭނީ ދެ މީހުންގެ ޓީމަކަށެވެ.
އިމަގު މަދަހަމުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް -/1000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އާއި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުޅި މުބާރާތުން 2 ވަނަ އަންނަ ފަރާތަކަށް -/700 ރުފިޔާ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން، އަދި މުޅި މުބާރާތުން 3 ވަނަ އަންނަ ފަރާތަކަށް -/500 ރުފިޔާ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކޮށްފައި ވެއެވެ.
އޮންލައިންކޮށް ފުރާލެވޭ ފޯމަކުން މިމުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
9 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް