Banner Image Description

ޔޫތް ސެންޓަރުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން މިހާރުދަނީ ޔޫތް ސެންޓަރު އެޅުމަށް ކައުންސިލުންދީފައިވާ ބިން ސާފުކޮށް، އެއިމާރާތް ކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިމާރާތްކުރާ ސައިޓަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެމަސައްކަތްކުރުމަށް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޔޫތުން ހަވާލުކުރީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބުދުﷲގެ ކުންފުންޏެކެވެ.

އިހަވަންދޫގައި ޔޫތްސެންޓަރު ޤާއިމްކުރުމަށް ކައުންސިލުން ބިންދީފައިވަނީ ހުރަވީ ދަނޑުގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. އެހެންކަމުން ކައުންސިލުން ވަރަށްފަހުން އެތަނުގައި ތަރައްޤީ ކޮށްފައިވާ ވޮލީކޯޓް ނަގަން ޖެހޭނެއެވެ. ޔޫތް ސެންޓަރު އަޅުމަށް ހަވާލުކޮށްފައިވާ ކުންފުނިން މިހާރުދަނީ ވޮލީކޯޓް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.