މައި ކަޕް 2019: ކުޅިމަގާއެކު ސެންސިޓީ އަދި ގަބީލާ ކުއާޓަރއަށް

އިބްރާހިމް ނަޝީދު

މައި ކަޕް 13 ވަނަ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު ދެ ޖާގަ ގްރޫޕް ތިނެއްގެ ސެންސިޓީ އަދި ގަބީލާ ހޯދައިފިއެވެ.

އެ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުޅިމަގު ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާއިރު ސެންސިޓީ، އަރާދުވާ އަދި ގަބީލާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ސެންސިޓީއަށް ކުއާޓަރއިން ޖާގަ ލިބުނީ ގޯލް ތަފާތުން ކުރި ހޯދައިގެންނެވެ. ސެންސިޓީ ގެއްލުން 1 ގޯލު އޮތްއިރު އަރާދުވާ އަދި ގަބީލާއަށް ގެއްލުން ގޯލުގެ ގޮތުގައި 2 ގޯލު އެބައޮތެވެ.

ގްރޫޕް ދޭއްގެ 3 ވަނަ ހޯދައިފައިވާ މާރަންދޫ ޔޫތު ސޮސައިޓީ އަދި ޖޭއޭ މަނަފަރުގެ އިތުރުން ގްރޫޕް ތިނެއްގެ 3 ވަނަ ހޯދައިފައިވާ ގަބީލާ އަދި އަރާދުވާއަށްވެސް ލިބިފައިވަނީ 2 ޕޮއިންޓެވެ. މާރަންދޫ ޔޫތު ސޮސައިޓީ އަދި ޖެއޭ މަނަފަރަށް ގެއްލުން 3 ގޯލު އެބައޮތެވެ.

އެހެންކަމުން 3 ވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަލިބޭ ޓީމެއް ކަނޑައެޅުމަށް ގުރަށްދިއައީ ގްރޫޕް ތިނެއްގެ އަރާދުވާ އަދި ގަބީލާއެވެ. ކުއާޓަރ ފައިނަލުން ގަބީލާއަށް ފުރުސަތު ލިބުނީ ގުރު ކާމިޔާބުކޮށްގެންނެވެ.

ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގަބީލާ އަދި ޔުނައިޓެޑް ޔޫތު ކުރިމަތިލާއިރު ޑިސެމްބަރ 15 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގެ ފަހުމެޗުގައި ސެންސިޓީ ނިކުންނާނީ ހީވެސް ނުވޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.