މަސްހިފަން އުޅުނު ޒުވާނަކަށް ވެނެއް ހަމަލާދީފި
ހއ. އިހަވަންދޫގައި މިއަދު މެންދުރުފަހު މަސްހިފަން ފޭބި މީހަކަށް ކަޅު ވެނެއް ހަމަލާދީ ޒަހަމްކޮއްލައިފިއެވެ.
ހާދިސާ ހިނގި ގޮތް އެނގޭ ފަރާތަކުން މިނޫހަށް މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި ކަޅުވެނުގެ ހަމަލާ އަމާޒު ވެފައިވަނީ އިހަވަންދޫ ބަނދަރާ ދިމާ ތޮށިބޭރަށް މަސް ހިފަން ފޭބި ޒުވާން ފިރިހެނަކަށެވެ. 33 އަހަރުގެ މިމީހާއަށް ހަމަލާ ދީފައި ވަނީ ބޮޑުމިނުގައި 4 ވަރަކަށް ފޫޓުހުރި ބޮޑު ކަޅުވެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހިފާފައިހުރި މަސްތައް ވާގަނޑަކަށް އަމުނައިގެން މޫދަށް ދޫކޮށްގެން މަސް ހިފަން އުޅުނު މިޒުވާނާއާ ހަވާލާދީ މިނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ އޭނާގެ ކަނާތު ފާގައި ވެން ހިފީ މަހަކަށް ދަނގަނޑު ޖަހައިގެން މަސް ނައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ. "ފައިގައި އެއްޗެއް ހޭކޭހެން ހީވެގެން ބަލައިލިއިރު އިނީ ވެން ދައިގެންފައި. ވަގުތުން ދެފަހަރަކު އަތުން ވެނުގެ ބޮލުގައި ޖެހިން. އޭތި ފައިން ދޫކޮށްލީ ލޭ އަންނަން ފެށުމުން." ހަމަލާ އަމާޒުވި ޒުވާނާ ކިޔާދީފައި ވެއެވެ.
އެޒުވާނާ ބުނެފައި ވަނީ އޭނާގެ ފައިން ވެން ދޫކޮށްލުމަށްފަހު ގޮސް ހިފީ ދަނގަޑު ޖަހާފައި އިން ބޮޑު ކިރުޅިޔަ މަހުގައި ކަމަށެވެ. އެމަސް ކަޅުވެން އެއްކޮށް ކާލި ކަމަށް އެޒުވާނާ އާ ހަވާލާދީ މިނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.
އެޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
ރިޕޯޓް: ރޭގަނޑު އަލިކަމެއްނެތި ކަނޑުމަތީގައި، ކިރިޔަކިރިޔާ ސަލާމަތްވިއެތައް ހާދިސާތަކަކަށްފަހު މަރެއް!
31 - އޮކްޓޯބަރު - 2023
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
ނަލައައްސޭރި ގޭގައި ރޯފި އަލިފާން ކޮންޓްރޯލް ކޮށްފި
2 - ސެޕްޓެމްބަރު - 2022
މޫސުން ގޯސްވެ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއްވެއްޓިއްޖެ
2 - ޖުލައި - 2022
ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
3 - ޖެނުއަރީ - 2013
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް