އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
ރޭހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި ނިޔާވީ ހއ އިހަވަންދޫ، ނަޔާޑޭޒީ އަބްދުއްރަޝީދު މުހައްމަދު (68އ) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު، އިހަވަންދޫ މަސްޖިދުއްތައުބާގައި ބާއްވަން ނިންމައިފިއެވެ.
އަބްދުއްރަޝީދު ނިޔާވީ، ހިބަރު މަސްވެރިކަން ނިންމައި ރަށަށް އައުމަށް ދަތުރުކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް އެ ދޯނީގައި ޖެހި އަބްދުއްރަޝީދު ކަނޑަށް ވެއްޓިއެވެ. އެކްސިޑެންޓްގައި އަބްދުއްރަޝީދުގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު، މަތީ ތުންފަތްވެސްވެސް ވަނީ 3 އިންޗިއެއްހާތަން ވީދިފައެވެ. އަބުދުއް ރަޝީދާއިއެކު ދޯނީގައި ހުރީ އޭނާގެ ދަރިއެއް ކަމަށްވާ އަލީ ޝަރީފެވެ. އަލީ ޝަރީފަށް އެކްސިޑެންޓްގައި އަނިޔާވެފައެއް ނުވެއެވެ. އެކްސިޑެންޓްވީއިރު އަބުދުއްރަޝީދު ހުރީ ދޯނި ދުއްވާށެވެ. އެކްސިޑެންޓާއިއެކު އަބްދުއްރަޝީދު މޫދަށް ވެއްޓުނު ނަމަވެސް ދޯނި ދިޔައީ ކުރިޔަށް ދުވަމުންނެވެ.
އެކްސިޑެންޓްވި ޑިންގީގައި ތިބިމީހުން ބުނީ އެމީހުން ދަތުރު ކުރަމުންދިޔައީ ހދ ނެއްލާދޫއިން ފުރައިގެން ހއ ވަނގާރަށް ދިއުމަށެވެ. އެކްސިޑެންޓްވި ޑިންގީގައި 8 މީހަކު ތިއްބެވެ. އޭގެތެރެއިން 4 މީހަކަށް އަނިޔާވެގެން އިހަވަންދޫ އާމިނާ ދިޔޯ ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހު، ރޭ ދަންވަރުވަނީ އިތުރުފަރުވާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ރެފަރ ކޮށްފައެވެ. މައުލޫމާތުލިބޭ ގޮތުގައި އެމީހުނަށް، ފުރާނައަށް ގެއްލުން ލިބޭވަރުގެ އަނިޔާއެއް ވެފައެއް ނުވެއެވެ. ޑިންގީން ދަތުރުކުރި މީހަކު ބުނީ އެކްސިޑެންޓަށްފަހު މީހަކު ހަޅޭލެވި އަޑު އިވުނުކަމަށާ ނަމަވެސް އެކްސިޑެންޓްގައި ޑިންގީއަށް ގެއްލުންވެ ފަޅައިގެންގޮސް އަޑިއަށްދާތީ އިހަވަންދޫ ފަޅަށް ވަނީކަމުގައެވެ. ޑިންގީގައި ތިބިމީހުންނަށް، އެކްސިޑެންޓްވީ އިހަވަންދޫ ދޯންޏަކާކަމެއް ނޭގެއެވެ. ޑިންގީގައި ތިބިމީހުންބުނީ އެކްސިޑެންޓްވި ދޯނީގައި އެއްވެސް އަލިކަމެއް ނެތްކަމުގައެވެ.
އިހަވަންދޫ މީހުންނަށް ކަމެއް ހިނގައިގެންއުޅޭކަން އެނގުނީ އެކްސިޑެންވި ޑިންގީގެ މީހުން އިހަވަންދޫއަށް އައިސް އެހަބަރު ދިނުމުންނެވެ. އެކްސިޑެންޓްވި ދޯނި ހޯދަން ނުކުތީ ޑިންގީގެ މީހަކު ގޮވައިގެންނެވެ. ހޯދަން ނުކުތް މީހުންނަށް އަބްދުއްރަޝީދު ފެނުނީ އެކްސިޑެންޓްވި ސަރަހަށްދަށްވުރެ ވަރަށްބޮޑަށް އުތުރުންނެވެ. އޭރު އަބްދުއްރަޝީދު އޮތީ ފެންމަތީގައި ބަންޑުންނެވެ. އަބްދުއްރަޝީދު މޫދުން ނެގި މީހުންވެސްބުނީ، އޭނާ މޫދުން ނެގިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމުގައެވެ. މައުލޫމާތު ލިބޭގޮތުގައި އަބްދުއްރަޝީދު އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ގެނައިރުވެސްވަނީ ނިޔާވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރިޕޯޓް: ރޭގަނޑު އަލިކަމެއްނެތި ކަނޑުމަތީގައި، ކިރިޔަކިރިޔާ ސަލާމަތްވިއެތައް ހާދިސާތަކަކަށްފަހު މަރެއް!
31 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް