ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
އިހަވަންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ، މިއަދު ހަވީރު 17:25 ހާއިރު އިހަވަންދޫ ވަށައިގެން އޮންނަ ރިންގް ރޯޑްގެ ހުޅަނގު ދެކުނު ސަރަހައްދުގައެވެ.
މިއެކްސިޑެންޓްގައި 18 އަހަރުގެ ދެ މީހަކަށްވަނީ އަނިޔާވެފަ، އެއީ ސައިކަލް ދުއްވަންއިންމީހާ އަދި ސައިކަލްގެ ފަހަތުގައި އިންމީހާއެވެ. އެމީހުންނަށް މިހާރު އަންނަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރުވާ ދެމުންނެވެ. އިތުރުފަރުވާއަށްއެ ދެ މީހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. ދެ މީހުންގެ ގަށިގަނޑުގެ އެކިތަންތަން ޒަހަމްވެފައިވާއިރު ދެ މީހުންގެ ބޮލުގައިވެސް އެކިވަރުގެ ޒަހަމްތައް ހުރިކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓް ހިނގާފައިވާނީ، ލަނބާލަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުވެގެންނެވެ. އެކްސިޑެންޓްގައި ހިނގި ސައިކަލް އޮތީ ވިއްސައިގެންގޮސް މަގަށްވުރެ ބޭރުން 30 ވަރަކަށް ފޫޓްގެ ދުރުގައި އާނުގަނޑު މަތީގައެވެ. އެކްސިޑެންޓް ހިނގި ސަރަހައްދަކީ ރަށުގެ ފުއްޓަރު ފަރާތްކަމަށް ވުމާއި، ގައު ކުނޑިފަދަ ތަކެތި އުކުމަށް ހާއްސަ ސަރަހައްދުކަމުން އެސަރަހައްދަށް މީހާކުވެއްޓިއްޖެނަމަ ވަރަށްބޮޑަށް އަނިޔާވުން އެކަށީގެންވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ
29 - އޮކްޓޯބަރު - 2023
އަބްދުއްރަޝީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތައުބާގައި
29 - އޮކްޓޯބަރު - 2023
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
25 - ފެބްރުއަރީ - 2024
ރިޕޯޓް: ރޭގަނޑު އަލިކަމެއްނެތި ކަނޑުމަތީގައި، ކިރިޔަކިރިޔާ ސަލާމަތްވިއެތައް ހާދިސާތަކަކަށްފަހު މަރެއް!
31 - އޮކްޓޯބަރު - 2023
ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި
27 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް