ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗް ފެނަކަ ޓީމުން ކުޅެން ދެކޮޅު ހެދުމުން ކްލަބް އައި.ޕީ.އެސް އަށް 3 ޕޮއިންޓާއި ފައިދާ އެއް ގޯލްކަމަށް ކަނޑައަޅައިފިއެވެ. އިހަވަންދޫ ހުރަވީ ދަނޑުގައި މިރޭއޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ފުރަތަމަ މެޗްގައިކުޅޭ ދެ ޓީމް ކަމަށްވާ ފެނަކަ އަދި ކްލަބް އައި.ޕީ.އެސް ބައިވެރިވެފައިވެއެވެ. ނަމަވެސް ވޭތުވެ ދިޔަ ދެއަހަރު މިމުބާރާތުގެ ޗެމްޕިއަން ފެނަކައިންވަނީ މެޗް ކުޅެން ދެކޮޅު ހަދާފައެވެ.

ފެނަކައިގެ އޮފިޝަލަކު ބުނީ އެޓީމުން މެޗްގައި ކުޅެން ދެކޮޅުހެދީ، މުބާރާތުގައިކުޅޭ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހަޅަންދިން މުއްދަތު ހަމަވިއިރު، މިރޭ އެޓީމާއި އިދިކޮޅަށް ނުކުތް ކްލަބް އައި.ޕީ.އެސްގެ ޓީމް ލިސްޓްގައި ޖައްސާފައިވާ ކުޅުންތެރިޔަކު މިރޭގެ މެޗްގެ ރެފްރީއަކަށް ހުރުމުންނެވެ. މިރޭގެ މެޗަށް އައުމުގެ ކުރިންވެސް ފެނަކައިން ދިއައީ މުބާރާތުގައިކުޅޭ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހަޅަންދިން މުއްދަތުގެ ފަހުން ބައެއް ޓީމްތަކުގެ ލިސްޓަށް ބަދަލުގެނެސްފައިވާކަމަށްބުނެ މައްސަލަ ޖައްސަމުންނެވެ.

މުބާރާތް އިންތިޒާމްކުރާ އިހަވަންދޫ ކައުންސިލްގެ ނައިބްރައީސް މުހައްމަދު އަރީބް ވިދާޅުވީ، މުބާރާތް ކުރިޔަށް ގެންދިއުމުގައި ރެފްރީން ނުލިބުމުގެ މައްސަލަ ވަރަށްބޮޑު ކަމުގައެވެ. ރޭފަށަން ހަމަޖެހިފައިވާ މިމުބާރާތް މިރެއަށް ލަސްކުރަން ޖެހުނީވެސް އެކަމުގެ ސަބަބުންކަން ފާހަގަކުރައްވާ އަރީބް ވިދާޅުވީ ހއ، އަދި ހދ ކުޅުދޫފުށީގައިވެސް އެބޭފުޅާ ޕާސަނަލީ ގުޅައިގެން ވާހަކަނުދައްކާ ރެފްރީއެއް ނުހުންނާނެކަމުގައެވެ.

އިހަވަންދޫގައި ކުރިޔަށްދާ ގިނަ މުބާރާތްތަކުގައި ރެފްރީކަންކުރަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ. ހަމަ އެގޮތަށް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ މުބާރާތްތަކުގައިވެސް  ރެފްރީންގެ ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

މިމަހުގެ 15 އާއި ހަމަޔަށް ކުރިޔަށްދާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ ކްލަބް އައި.ޕީ.އެސް ، ފެނަކަ، ސީ.އެމް.ސީ އަދި އައި.އެސް.އޭޑީ.އެޗް.ސީ އެވެ.

ޚިޔާލު ފައުޅުކުރުން

ދެން ކަލޭ ނުގޮސް ކޮން ކޮމެންޓްއެ ތިކުރަނީ
ނައިބު ރައީސް އެ ވިދާލުވީ ތެދެއް އަޅުގަނޑާވެސް ނައިބު ވާހަކަ ދެއްކި ރެފުރީން ހޯދައިދިނުމަށް ހުދު އަޅުގަނޑު ގެންދަން ވެސް ނާއި ވަރަށް ވާހަކަ ދެއްކި