Banner Image Description

ފެނަކަ މިރޭ މެޗަށްވެސް ހާޒިރުނުވުމުން ޖޫރިމަނާއަކާއި ދީމާއަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ތިންވަނަ މެޗަށް ފެނަކަ ޓީމުން ހާޒިރު ވެފައިނުވާތީ އައި.އެސް.އޭޑީ.އެޗް.ސީ އަށް 3 ޕޮއިންޓާއި ފައިދާ އެއް ގޯލްކަމަށް ކަނޑައަޅައި މެޗް ނިންމާލައިފިއެވެ.

މިރޭގެ މެޗަށް ފެނަކަ ހާޒިރު ވެފައިނުވާއިރު، އެޓީމް ކުޅެންޖެހޭ ފުރަތަމަ މެޗަށް ހާޒިރުވިނަމަވެސް މެޗް ކުޅެފައެއް ނުވެއެވެ. ފެނަކައިން ރޭގެމެޗް ކުޅެން ދެކޮޅު ހެދުމުން މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީއިންވަނީ އެޓީމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އެފަދަ އަމަލެއް އެއްވެސް ޓީމަކުން ހިންގައިފިނަމަ އެޓީމެއް 500ރ އާއި 10000ރ އާއިދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެކަމަށްވެސް ޑިސްޕްލިނަރީ ކޮމިޓީއިންވަނީ ނިންމާފައެވެ. އަދި އެގޮތަށް ކުރެވޭ ޖޫރިމަނާއެއް ދެއްކުމަށްފަހުނޫނީ ކުރިޔަށް އޮތް މެޗްގައި ނުވަތަ މުބާރާތުގައިވެސް ނުކުޅެވޭގޮތަށް ސަސްޕެންޑް ކުރާނެކަމަށް  މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީއިންވަނީ ނިންމާފައެވެ. ފެނަކައިން މައްސަލަޖައްސަނީ، މުބާރާތުގައިކުޅޭ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހަޅަންދިން މުއްދަތު ހަމަވިފަހުން ބައެއް ޓީމްތަކުގެ ލިސްޓަށް ބަދަލުގެނެސްފައިވާކަމަށްބުނެއެވެ.

މުބާރާތުގެ ހަތަރުވަނަ މެޗް މިރޭ 21:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު އެމެޗްގައި ބައްދަލުކުރާނީ ކްލަބް އައި.ޕީ.އެސް އާއި ސީ.އެމް.ސީ އެވެ.