Banner Image Description

ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ހަތަރުވަނަ މެޗްގައި ކްލަބް އައި.ޕީ.އެސް 3-1 ބަލިކޮށް ސީ.އެމް.ސީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗްގެ ފުރަތަމަ ގޯލަކީ ސީ.އެމް.ސީގެ ޖާޒީންނަބަރު 7 އަލީ ފަވާޒް އަތުން ބައިކޮޅަށް ވަތްގޯލެކެވެ. ފުރަތަމަ ހާފްގެ 16 ވަނަ މިނެޓްގައިވަތް މިގޯލާއިއެކު ފުރަތަމަ ހާފް ނިމުނީ ކްލަބް އައި.ޕީ.އެސް 1-0 އިން ކުރީގައި އޮވެގެންނެވެ. ސީ.އެމް.ސީއިން ނަތީޖާ ހަމަހަމަކުރި ގޯލް އެޓީމަށް ޖަހައިދިނީ ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޖާޒީ ނަންބަރު 21 ޝިފާޒް އިބްރާހިމްއެވެ. ސީ.އެމް.ސީއަށް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ފަހުހާފުގެ 12 ވަނަ މިނެޓްގައި އެޓީމްގެ ޖާޒީ ނަންބަރު 11 ޙުސައިން ޝަރީފްއެވެ. ސީ.އެމް.ސީގެ ފަހުގޯލް ޖެހީ އެޓީމްގެ ޖާޒީންނަބަރު 7 އަލީ ފަވާޒްއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ބާކީ ދެމެޗް އޮތްއިރު، ސީ.އެމް.ސީ ރޭގެ މޮޅާއިއެކު ސެމީފައިނަލުން ޖާގައެއް އެވަނީ ކަށަވަރުކޮށްފައެވެ. ކްލަބް އައި.ޕީ.އެސް އާއި އައި.އެސް.އޭޑީ.އެޗް.ސީ އަށް އަމިއްލަ ބާރުގައި ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވެން އޮތަސް ދެ މެޗަށް ހާޒިރުނުވާ ފެނަކައަށް، ސެމީއަށް ދިއުމަށް މިހާރު އަމިއްލަ ބާރެއްނެތެވެ.

މިމުބާރާތުގައި މިރޭކުޅޭ ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކްލަބް އައި.ޕީ.އެސް އާއި އައި.އެސް.އޭޑީ.އެޗް.ސީ އެވެ. ފަހު މެޗްގައި ކުޅޭނީ ފެނަކަ އަދި ސީ.އެމް.ސީއެވެ.