އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލްގެ ފުރަތަމަ ޖާގަ އައި.އެސް.އޭޑީ.އެޗް.ސީ ހޯދައިފިއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފެނަލްޓީ ޖަހައިގެން 6-7 އިން ސީ.އެމް.ސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ އައި.އެސް.އޭޑީ.އެޗް.ސީ 2-1 ގެ ލީޑްގައި އޮވެގެންނެވެ. ނަމަވެސް ސީ.އެމް.ސީ އިންވަނީ ފަހަތުންއަރައި 3-2 ގެ ލީޑެއް ނަގައިފައެވެ. ސީ.އެމް.ސީ މޮޅުވެގެން މެޗް ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަ ކުރީ އައި.އެސް.އޭޑީ.އެޗް.ސީ އަށް ފަހު ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މެޗްގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިރޭ ކުޅުން ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ސީ.އެމް.ސީ 13 ވަނަ ދުވަހުގެރޭ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ނުކުންނާނީ ކްލަބް އައި.ޕީ.އެސް އާއި ދެކޮޅަށެވެ. އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ.