Banner Image Description

ހއ އަތޮޅަށް ހުޅުވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ

މުޙައްމަދު އަކުރަމް

ހއ އަތޮޅަށް ހުޅުވާލައިގެން، މުހައްމާ ކަޕް ވޮލީބޯލް ޓޯރނަމެންޓް ވޮމެންސްގެ ނަމުގައި، އަންހެނުންނަށް ހާއްސަ ވޮލީ މުބާރާތެއް ބާއްވާނެކަން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެވެ. މުހައްމާ ވިދާޅުވިގޮތުގައި އެގޮތުން އެމުބާރާތުގެ ފުރަތަމަ މުބާރާތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފެށޭތޯ މަސައްކަތްކުރަމުން ދާކަމުގައެވެ.

ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000ރ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 15،000ރ ކަނޑައަޅާފައިވެއެވެ. މުހައްމަދު އަބުދުﷲ (މުހައްމާ) އަކީ އިހަވަންދޫ އިތުރުން ހއ އަތޮޅުގެ ކުޅިވަރަށް ވަރަށްބޮޑަށް ހިދުމަތްކުރައްވާ ފަރުދެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ހއ އަތޮޅަށް ހުޅުވާލައިގެން މައިކަޕްގެ ނަމުގައި ޕުޓްބޯޅަ މުބާރާތެއް ކުރިޔަށްގެންދާތާ މިހާރު 12 އަހަރުވެއްޖެއެވެ.