ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
ބުރެވި ތޫފާނުގެ އަސަރުކޮށްގެން ހާލުގައި ޖެހުނު ސްރީލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް އިން ބުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ސުރީލަންކާގެ ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބިކަމަށާއި މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގެ ބޮޑުބައެއް އަނދިރީގައި: އާމުން ދަތިހާލުގައި، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!
16 - ޖުލައި - 2025
އިހަވަންދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާ އުސޫލަށް އާމުންގެ ހިޔާލު ހޯދަނީ...
22 - މޭ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަން
7 - މޭ - 2024
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
ސްރީލަންކާގެ ޕެޓްރޯލް ސްޓޮކް ހުސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ހަކަތަ އާބެހޭ ވަޒީރު ދެއްވައިފި
4 - ޖުލައި - 2022
ކަމަދޫ ކައުންސިލުން ހާލުގައި ޖެހިފައިވާ ކާވިޔާބޯޓަށް ޖާފަތެއް!
1 - ޖެނުއަރީ - 2018
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއިން 5 ޓީމެއް ބައިވެރިވެއްޖެ!
12 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް