ސްރީލަންކާގެ ޕެޓްރޯލް ސްޓޮކް ހުސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ހަކަތަ އާބެހޭ ވަޒީރު ދެއްވައިފި
ފާއިތުވި 70 އަހަރުގެ ތެރޭގައި ސްރީލަންކާއަށް ކުރިމަތި ނުވާވަރުގެ އިޤްތިޞާދީ ދަތިކަން ކުރިމަތިވެފައިވާއިރު، އެޤައުމުގެ ތެލުގެ ސްޓޮކް ހުރި މިންވަރާ ގުޅިގެން ސްރީލަންކާގެ ހަކަތަ އާބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ ވަނީ ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ.
އާދިއްތަ ދުވަހު، ކަންޗަނާ ވިދާޅުވީ އާއްމުކޮށް މީހުން ޕެޓްރޯލް ބޭނުންކުރާ ނިސްބަތަށް ބަލާއިރު، އެގައުމުގައި ބާކީ ހުރީ ހަމައެކަނި ދުވަހަކަށްވުރެން މަދު މުއްދަތަކަށް ބޭނުންކުރާނެ ޕެޓްރޯލް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދެން ޕެޓްރޯލް ޝިޕްމަންޓެއް އެންމެ އަވަހަށްވެސް ލިބޭނީ ދެ ހަފްތާ ފަހުންކަމަށެވެ.
ތެލާއި ކާބޯތަކެތި އަދި ބޭސް ފަދަ ތަކެތި އިމްޕޯޓް ކުރުމަށް ފައިސާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިދިޔަ ހަފްތާގައި ސްރީލަންކާއިން ވަނީ ޒަރޫރީ ނޫން ވެހިކަލްތަކަށް ޕެޓްރޯލާއި ޑީސަލް ވިއްކުން މެދުކަނޑާލާފަ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ، 1970 ގެ އަހަރުތަކުގައި ތެލުގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ޔޫރަޕްގައި އާއްމުންނަށް ތެޔޮ ކޮންޓްރޯލްކޮށްގެން ވިއްކިފަހުން، އާއްމު ރައްޔިތުންނަށް ޕެޓްރޯލް ވިއްކުން ހުއްޓުވުމުގެ ހަރުކަށި ފިޔަވަޅު އެޅި ފުރަތަމަ ގައުމެވެ.
މިސްޓަރ ވިޖެސެކެރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެގައުމުގެ ރިޒާވްގައި ބާކީ ހުރީ 12،774 ޓަނުގެ ޑީސަލާއި، 4،061 ޓަނުގެ ޕެޓްރޯލް ކަމަށެވެ.
ދެ ހަފްތާ ފަހުން ޑީސަލް ޝިޕްމަންޓެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ވިޖެސެކެރާ އިންޒާރު ދެއްވީ ތެލާއި ސާފުނުކުރާ ތެޔޮ އެ ގައުމަށް އެތެރެކުރުމަށް ފައިސާ ދައްކަން ޖެހޭ ވަރަށް ފައިސާ ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ތެޔޮ ގަތުމަށް ސްރީލަންކާގެ މަރުކަޒީ ބޭންކަށް ސަޕްލައި ކުރެވެންއޮތީ އެންމެ 125 މިލިއަން ޑޮލަރު ކަމަށާއި އެއީ މިހާރު ޝެޑިއުލް ކޮށްފައިވާ ތެޔޮ ޝިޕްމަންޓްތަކަށް ބޭނުންވާ 587 މިލިއަން ޑޮލަރަށް ވުރެ، މާ ކުޑަ އަދަދެއް ކަމަށެވެ. މިސްޓަރ ވިޖެސެކެރާ އިތުރަށް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެގައުމުން ގަތް ތަކެތި ގަތުމަށް ހަތް ސަޕްލައިއަރަކަށް 800 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ.
22 މިލިއަން މީހުން ދިރިއުޅޭ ސްރީލަންކާ، 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން އެގައުމު މިނިވަންވި ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވަނީ ޒަރޫރީ މުދާ އެތެރެކުރުމަށް ފައިސާ ދެއްކޭ ވަރަށް ބޭރު ފައިސާ އެގައުމުގައި ނެތުމުންނެވެ.
ތެލާއި ކާނާ އަދި ބޭހުގެ އިންތިހާއީ ދަތިކަމުގެ ސަބަބުން ދިރިއުޅުމުގެ އަގުތައް ރެކޯޑް މިންވަރަކަށް ވަނީ މައްޗަށް ގޮސްފައެވެ. އެގައުމުގެ ގިނަ ބައެއްގެ ދިރިއުޅުން ބަރޯސާވެފައިވަނީ މޮޓޯ ވެހިކަލް ދުއްވައިގެން އާއްމުދަނީ ހޯދުމުގެ މައްޗަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ސްރީލަންކާ: މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި
9 - ޖުލައި - 2022
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
އެފް.އެސް.އެމް އިން ޕެޓްރޯލް ހުސްވެ އިހަވަންދޫގައި ޕެޓްރޯލްގެ އަގު 12.35 ރުފިޔާ ބޮޑުވެއްޖެ!
8 - އޭޕްރީލް - 2026
އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން ސޮބާހް އިސްތިއުފާ ދެއްވައިފި
31 - ޑިސެމްބަރު - 2025
"ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި
27 - ފެބްރުއަރީ - 2025
އިހަވަންދޫއިން ޕެޓްރޯލް ހުސްވެ ލީޓަރެއް 30-25 ރ އަށް
28 - ޖުލައި - 2022
އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
22 - ފެބްރުއަރީ - 2021
ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
3 - ޑިސެމްބަރު - 2020
ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި
14 - ޖެނުއަރީ - 2020
މޮޅަދޫ ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވައިފި
23 - ނޮވެމްބަރު - 2019
ކޮމެންޓް
އަދި ކޮމެންޓެއް ނެތް