Banner Image Description

ރައީސްގެ ދަތުރުފުޅު ފަސްކޮށްފި

މުޙައްމަދު އަކުރަމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިމަހުގެ 16 ވާ ހޯމަ ދުވަހު (މިއަދު) އުތުރުގެ ބައެއްރަށްތަކަށް ކުރައްވަން ހަމަޖެހިފައިއޮތް ދަތުރުފުޅު ފަސްކޮށްފިއެވެ. މި ދަތުރުފުޅު ފަސްކުރައްވާފައިވަނީ މޫސުންގޯސްވެގެން ކަމަށްބުނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި އިހަވަންދޫއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ އިހަވަންދޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ. ރައީސްގެ ދަތުރުފުޅާއިގުޅިގެން މަރުހަބާ ދެންނެވުމަށް އިހަވަންދޫގެ ބަނދަރު ސަރަހައްދުވަނީ ޒީނަތްތެރި ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ރަނގަޅު ނަމަ، ރައީސްގެ ދަތުރުފުޅު އަންނަ އަންގާރަ ދުވަހުގެ ހެނދުނު ފައްޓަވާނެއެވެ.

ރައީސްގެ ދަތުރުފުޅު ފަސްކުރެއްވި އިރު، އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގައި މިއަދު އޮންނަ ބައްދަލުވުމުގައި ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގަ އެވެ.