އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ކޮށް، ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ. އެގޮތުން މިއަދު ކުޅުދުއްފުށީ ސަރަހައްދުގެ ވައިގެ ކޮލިޓީހުރީ 157 ޔުނިޓްގައެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓެވެ. އޭގެ މަނާއަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.
“އައިކިއު އެއާ”ގައި ހުރި މައުލޫމާތުން ދައްކާ ގޮތުން ކުޅުދުއްފުށީ ސަރަހައްދުގައި “ފައިން ޕާޓިކިއުލޭޓް މެޓާ” (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 64 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 12.8 ގުނަ މަތީ މިންވަރެކެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވުމުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.
ވައި ނުސާފު ވަގުތުގައި ސަމާލުކަންދޭންވީ ކަންކަން: