Banner Image Description

ހއ އަތޮޅު ޤުރުއާން މުބާރާތުން 1ވަނަ ނާހިޔާ

.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ހއ އަތޮޅު ތަމްސީލު ކުރުމަށް ބައިވެރިން ހޮވުމަށް ބޭއްވި ހއ އަތޮޅު ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ ހއ. އިހަވަންދޫ, ހުޅަނގުމަތީގެ އައިޝަތު ނާހިޔާ ހޯދައިފިއެވެ.

ނާހިޔާ ވަނީ ފޮތުން ކިޔުމުގެ، 20 ފޮތުގެ ބައިންނާއި މުޅި މުބާރާތުގެ ފޮތުން ކިޔުމުގެ ބައިންވެސް 1 ވަނަ ހޯދައިފައެވެ.

ހއ. ކެލާ، ހއ. ދިއްދޫ އަދި ހއ. އިހަވަންދޫއިން ޖުމްލަ 14 ބައިވެރިން ވާދަކުރި މި މުބާރާތުގައި އިހަވަންދޫ ތަމްސީލުކުރި ބައިވެރިންގެ ތެރެއިން މާލޭގައި އޮންނަ ޤައުމީ މުބާރާތަށް ހޮވިފައިވަނީ އައިޝަތު ނާހިޔާ އަދި ހއ އިހަވަންދޫ، ޒަމާނީވިލާ އައިޝަތު ޤާދިރާ އެވެ.

ޤާދިރާ ވަނީ ފޮތުން ކިޔުމުގެ 10 ފޮތުގެ ބައިން 2 ވަނަ ހޯދައި، މުޅި މުބާރާތުގެ ފޮތުން ކިޔުމުގެ ބައިން 3 ވަނަ ހޯދައިފައެވެ. އަދި މި ބައިން 3ވަނަ ހއ. ދިއްދޫ ފުނަކުރި, ބައްސާމާ ސުލައިމާނުވެސް ވަނީ ހޯދައިފައެވެ.

18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން މި މަހު 6 ން 7ށް ދިއްދޫގައި ކުރިޔަށް ގެންދިޔަ މި މުބާރާތުން ފޮތުން ކިޔުމުގެ ބައިން ހއ. އިހަވަންދޫ ވަނީ 3 ވަނަ ހޯދައިފައެވެ. މި މުބާރާތުގައި އިހަވަންދޫއިން .ވާދަކޮށްފައިވަނީ ޖުމްލަ 3 ބައިވެރިންނެވެ. އެއީ އައިޝަތު ނާހިޔާ އަދި އައިޝަތު ޤާދިރާގެ އިތުރުން ހއ އިހަވަންދޫ ކުރިފަސް މުނީރާ އަބްދުއްލަތީފް އެވެ.