އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2022 ގައި ބައިވެރިވުމުގެ މުއްދަތު ހަމަވީއިރު ބައިވެރިވެފައިވަނީ 3 ޓީމެވެ. އެއީ އަންތަރަ، ގަބީލާ އަދި އިރަމާއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހުކުރު ދުވަހުއެވެ.
އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި އަންހެން އަދި ފިރިހެން ބައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވީނަމަވެސް، ފިރިހެން ބައިގައި އެއްވެސް ޓީމެއް ބައިވެރިވެފައެއް ނުވެއެވެ.