Banner Image Description

ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2 ވަނަ ފަހަރަށް އިތުރުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2022  ގައި ބައިވެރިވުމުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. އެގޮތުން މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިއަދުގެ 14:00 އެވެ.

މުބާރާތް އިއުލާންކުރި އިރު މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 14 ނޮވެމްބަރ އެވެ. އޭގެ ފަހުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތުވަނީ 16 ނޮވެމްބަރަށް އިތުރުކޮށްދީފައެވެ. މިހާތަނަށް މުބާރާތުގައި ބައިވެރިވެފައިވަނީ 3 ޓީމެވެ. އެއީ އަންތަރަ، ގަބީލާ އަދި އިރަމާއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހުކުރު ދުވަހުއެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ފުޓްސަލް ދަނޑުގައެވެ.

ޚިޔާލު ފައުޅުކުރުން

އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް އެދޭނަމަ އަނބި ގޮއްޔެ މިކަހަލަ ކަންތަކަށް ނުފޮނުވާތި .