Banner Image Description

ހަ ޓީމާއިއެކު ކައުންސިލް ކަޕް ވޮލީ ޓޯނަމެންޓް 2022 ފަށައިފި

މުޙައްމަދު އަކުރަމް

ފިރިހެން އަދި އަންހެން ޑިވިޝަނުން ކޮންމެ ޑިވިޝަނަކުން 3 ޓީމާއި އެކު އިހަވަންދޫ ކައުންސިލް ވޯލީ ބޯލް ޓޯނަމެންޓް 2022 ފަށައިފިއެވެ. ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށްދަ މިމުބާރާތް ފެށިގެން ދިޔައީ ރޭ ކުޅުނު މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުންނެވެ.

ފުރަތަމަ މެޗްގައި ބައްދަލުކުރީ ގަބީލާ އަދި ޓީމް އަންތަރައެވެ. ފަސޭހަ ކަމާއިއެކު ސީދާ ތިންސެޓުން ގަބީލާއިން މިމެޗް ކާމިޔާބުކުރި އިރު ސެޓްތައް ގެންގޮސްފައިވަނީ 2-25 ، 10-25 އަދި 11-25 އިންނެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ ގަބީލާ، ޓީމް އަންތަރަ އަދި ކްލަބް އިރަމާއެވެ. ފިރިހެން ޑިވިޝަނުގައި ޖަންގަލް، ކްލަބް އިރަމާ އަދި ކްލަބް އިރަމާ އެސްޖީއަރު ވާދަކުރާއިރު މިއަދުވެސް މިމުބާރާތުގައި ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު 16:00 ގައި އަންހެން ޑިވިޝަންގައި ކްލަބް އިރަމާ އަދި ގަބީލާ ބައްދަލުކުރާއިރު މިރޭ 20:15 ގައި ފިރިހެން ޑިވިޝަން ގައި ޖަންގަލް އަދި ކްލަބް އިރަމާ އެސްޖީއާރު ކުޅޭނެވެ. މިމުބާރާތުގެ މެޗްތައް ކުޅެމުން ދަނީ އިހަވަންދޫ ފުޓްސަލް ދަނޑުގައެވެ.

ihavandhoo-council-cup-volly-2022-shedule