Banner Image Description

ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކަށް ޖަންގަލް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ “އިހަވަންދޫ ކައުންސިލް ވޯލީ ބޯލް ޓޯނަމެންޓް 2022” ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖަންގަލް ޓީމް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ޖަންގަލްއިން ހޯދީ ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް  މެޗްގައި ކްލަބް އިރަމާގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ސެޓް ޖަންގަލްއިން ކާމިޔާބުކުރީ 29-27 އިންނެވެ. ދެވަނަ ސެޓް 25-17 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓް ކާމިޔާބުކުރީ 25-23 އިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުހައްމަދު އަބްދުﷲ އެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ އިރަމާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަނެވެ. 21 އަހަރުން ދަށުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަންގަލް ޓީމްގެ ބިލާލު އަސްޢަދުއެވެ. މުބާރާތުގެ ޑްރީމް ޓީމަކީ ޖަންގަލް ޓީމްގެ އިސްމާއިލް، މުއާޒް ޖަންގަލް ޓީމް، އަބުދުﷲ އަލީ ޖަންގަލް ޓީމް، އާދިލް ކްލަބް އިރަމާ، ހުސައިން ކްލަބް އިރަމާ އަދި ކްލަބް އިރަމާގެ ސޮބާހްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އިރަމާގެ ނައްސާނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޖަންގަލް ޓީމްގެ ހުސައިން ފަޔާޒްއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ. އެމެޗްގައި ބައްދަލުކުރާނީ ގަބީލާ އަދި އަންތަރައެވެ. މޫސުން ރަނގަޅުނަމަ އެމެޗް މިނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިޔުބް ޗެނަލުން ލައިވް ކުރާނެއެވެ.