Banner Image Description

ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގަބީލާ ހޯދައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ “އިހަވަންދޫ ކައުންސިލް ވޯލީ ބޯލް ޓޯނަމެންޓް 2022” އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގަބީލާ ޓީމް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ގަބީލާ ހޯދީ ރޭ އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމުބާރާތުގެ ފައިނަލް  މެޗްގައި އަންތަރަގެ މައްޗަށް 3 ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ އިރަމާއެވެ. 21 އަހަރުން ދަށުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ ގަބީލާ ޓީމްގެ ފަރަހަތުއެވެ. މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނުނީ ގަބީލާގެ ތޮހޫރާ، ގަބީލާގެ ނައުޝާ، ގަބީލާގެ މާޖިދާ، އަންތަރާގެ ޒުމްރާ، އަންތަރާގެ ޝައިބާ އަދި ގަބީލާގެ ފަރަހަތުއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގަބީލާގެ އަހުމަދުއެވެ. އެންމެ މޮޅު ލިބަރޯއަކީ ގަބީލާގެ އައިރީންއެވެ.