އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް

މުޙައްމަދު އަކުރަމް

އިހަވަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމްތަށް ކަށަވަރުވެއްޖެވެ. މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖް ފަހު މެޗްގައި މާރަންދޫ ޔޫތް ސޮސައިޓީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެން އެންވީކޭ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިއަދުގެ މެޗުން ބަލިވި މާރަންދޫ ޔޫތް ސޮސައިޓީވެސްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެގްރޫޕްގައި ހިމެނޭ ނިމިދިޔަ އިހަވަން ކަޕްގެ ޗްމްޕިއަން ނޮޅިވަރަށް ޓީމް ކެޓީ ޕޮއިންޓްގެ ގޮތުން މާރަންދޫ ޔޫތް ސޮސައިޓީއާ ހަމަހަމަވިނަމަވެސް ގޯލްގެ ތަފާތުންނެވެ. އަނެއް ގްރޫޕުން ސެމީ ފައިނަލަށް ދަތުރުކުރީ ދިއްދޫ އެޗްއެން ސްޕޯޓްސް އަދި މާރަންދޫ ބަނޑޭރި ސްޓަރ އެވެ.

ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުއެވެ. ސެމީ ފައިނަލްގައި މާރަންދޫ ޔޫތް ސޮސައިޓީ ހަމަ އެރަށަށް ނިސްބަތްވާ ބަނޑޭރި ސްޓަރ އާއި ދެކޮޅަށް ނުކުންނައިރު، އެންވީކޭ ކުޅޭނީ ދިއްދޫ އެޗްއެން ސްޕޯޓްސްއާ ދެކޮޅަށެވެ.