Banner Image Description

އިމަގު ޣާޒީކަޕްގައި ބައިވެރިވީ 6 ޓީމް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވުމަށް އިއުލާން ކޮށްފައިވާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގައި ބައިވެރިވެފައިވަނީ 6 ޓީމަކުންކަމަށް އިމަގުން އިއުލާންކޮށްފިއެވެ.

އެއީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ. އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނައަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. އިހަވަންދޫގެ ކޮންމެ ރައްޔިތަކަށްވެސް ޓީމެއް އެކުލަވާލައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވާއިރު، ރަށުގެ އެއްވެސް މުއައްސަސާއެއް އަދި އެންޖީއޯއެއްގެ ނަމުގައިވެސް ޓީމެއް ނުނެރެވެއެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓްގައި ހިމެނެނީ 15 އަހަރުން މަތީގެ ޒުވާނުންނެވެ. އިހަވަންދޫ ޣާޒީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ޓީމުތަކުންއަނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޤައުމީޓީމްގެ ބައެއް ކުޅުންތެރިން ގެނައުމަށް ބައެއް ޓީމްތަކުންދަނީ މަސައްކަތް ކުރަމުންނެވެ.