ފިއްލަދޫ، މުރައިދޫ، ތުރާކުނު އަދި ދިއްދޫ ސެމީއަށް

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާ ޓީމްތައް ކަށަވަރުވެއްޖެއެވެ. މިރޭ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމިފައިވާއިރު ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރުކުރީ މުރައިދޫ އަދި ތުރާކުނެވެ. ގްރޫޕް ބީ އިން ސެމީފައިނަލަށް ދަތުރުކުރީ ފިއްލަދޫ އަދި ދިއްދޫއެވެ.

މުރައިދޫ އަދި ފިއްލަދޫ ސެމީއަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ސެމީފައިނަލްގައި މުރައިދޫ، ދިއްދޫއާ ދެކޮޅަށް ނުކުންނައިރު ފިއްލަދޫ ނުކުންނާނީ ތުރާކުނާ ދެކޮޅަށެވެ. މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް އޮންނާނީ މިމަހުގެ 25 ގައެވެ.

ޗެމްޕިއަން ޓީމަށް 30،000ރ، ރަނަރއަޕް ޓީމަށް 15،000ރ އަދި ފެއަރޕްލޭ ޓީމަށް 10000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދަނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.