9 އަހަރުތެރޭ ހއ އަތޮޅުގެ އާބާދީއަށް އިތުރުވީ 931 މީހުން

މުޙައްމަދު އަކުރަމް

ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި ހއ އަތޮޅުގެ ރަށްތަކުގެ އާބާދީއަށް އިތުރުވެފައިވަނީ 931 މީހުންކަމަށް  ބޯހިމެނުމުން ދައްކައިފި އެވެ.

ނުވަ އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ތަފާސް ހިސާބުތައް، ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމު ކޮށްފައިވާއިރު، ހއ އަތޮޅުގެ މިހާރުގެ އާބާދީއަކީ 14631 އެވެ. 2014 ވަނަ އަހަރު ބޯހިމެނި އިރު ހއ އަތޮޅުގެ އާބާދީއަކީ 13672 އެވެ.

ހއ އަތޮޅުގެ އާބާދީއަށް ވޭތުވެދިޔަ 9 އަހަރު އައިސްފައިވާ ބަދަލަށް ބަލާއިރު އާބާދީއަށް އެންމެ ބޮޑު އިތުރުވުމެއް އައީ، އަތޮޅުގެ ވެރިކަންކުރާ ދިއްދޫއަށެވެ. މިމުއްދަތުގައި ދިއްދޫގެ އާބާދީއަށްވަނީ 554 މީހުން އިތުރުވެފައެވެ. ވޭތުވެދިޔަ 9 އަހަރުތެރޭ ހއ އަތޮޅުން އެންމެބޮޑަށް އާބާދީ މަދުވެފައިވަނީ ހއ. ތަކަންދޫންނެވެ. އެރަށުގެ އާބާދީން 75 މީހުން މަދުވެފައިވާއިރު އެރަށުގެ މިހާރުގެ އާބާދީއަކީ 279 އެވެ.