ހަސަން ކުރުސީއަކީ ފެންނާނޭ މީހެއް ނޫންކަމަށް އޭނާ ބުނެފި

މުޙައްމަދު ޢަބްދުއްލަޠީފް

ޓްވިޓާގައި ހަރަކާތްތެރިވާ ގޮތްނޭގޭ ހިޔަނި ހަސަން ކުރުސީ ހޯދަން ފުލުހުން ކުރާ މަސައްކަތުގައި އޭނާ ނުފެންނާނޭ ކަމަށް، އޭނާ ބުނެފިއެވެ. އޭނާ އެހެން ބުނެފައިވަނީ  ޓްވިޓާއިން އިންބޮކްސް ކޮށް ފުލުހުން ތިބޭފުޅާ ހޯދަން ކުރާ މަސައްކަތުގައި ފެންނާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލުގެ ޖަވާބުގައި ވަރަށް ކުރުކޮށް ހަސަން ކުރުސީ ވިދާޅުވީ “ނޯ” ކަމަށެވެ.

އޭނާޔަކީ މީސްތަކުންގެ ހިތްތަކުގައި ދިރިއުޅޭ ހިޔާލީ ތަސްވީރެއް ކަމަށް ވިދާޅުވާ ކުރުސީ މިވަގުތު މަޝްހޫރުވެފައި ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ އަދި ސަރުކާރުގެ އެކިއެކި ސިއްރުތަށް ހާމަކޮށް ބޭޒާރު ކުރާ ފަރާތެއްގެ ގޮތުގައެވެ. އޭނާޔަކީ އެއްވެސް ފަރުދެއް ތަމްސީލު ކުރާ ފަރާތެއް ނޫންކަމަށާއި އޭނާ ތަމްސީލުކޮށްދެނީ އުސޫތަށް ކަމަށް ވިދާޅުވާ ހަސަން ކުރުސީ، މިވަތު އެންމެ ބުރަކޮށް ކުރައްވާ މަސައްކަތަކީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ހޯދާ ހާމަކުރުމެވެ. އޭނާ ކިޔަމަންވަނީ މީހަކަށް ނޫންކަމަށާއި ހަމަޔާއި އިނަސާފަށް ކަމަށް ވިދާޅުވާ ކުރުސީ އަކީ އާއްމު އާދައިގެ މީހެއް ނޫންކަން ޓްވިޓާގައި އޭނާ ދައްކަވާ ވާހަކަފުޅުތަކުން ދޭހަވެއެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުގެ ސަބަބުން ގެއްލުން ތަކެއް ލިބިވަޑައި ގަންނަވާ ކަމަށް ވިދާޅުވެ ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުގެ ހަގީގަތް ހޯދާދިނުމަށް އެދި ހުށައަޅާފައިވަނީ ގިނަ ބަޔަކު ހަސަން ކުރުސީ ކަމުގައި ދެކޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެއިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ ހިޔާލީ ޝަހުސެއްކަމަށާއި އޭނާޔަކީ އެމަނީކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވާން އުނދަގޫ ކަމަށެވެ.

ހަސަން ކުރުސީގެ މައްސަލަ ހުށަހެޅުއްވީ ރައީސް ނަޝީދު ކަމަށް ވިޔަސް ހަސަން ކުރުސީ ހޯދުމުގެ މަސައްކަތް ފަށައިފާ ވަނީ ކުރުސީގެ ޓްވިޓާ އެކައުންޓުން ލީކުކޮށްލި ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ރައީސް އޮފީހުން މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނެ ލީކުކޮށްލި ސިޓީއާއި ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކުރުސީ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށާފައިވާ އިރު ކުރުސީ ވަނީ އޭނާއަށްވެސް ނުރައްކާ އޮތް ކަމަށް ބުނެ ބައިނަލް އަގުވާމީ އެހީއަށް އެދިފައެވެ.