ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސުލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުން ސަރުކާރުގެ ބޭނުމަށް ބިން ދޫކުރުމުގައި، އިހަވަންދޫ ކައުންސިލުން ގެންގުޅޭ ސްޓޭންޑް ހާމަކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހުގެރޭ  އިހަވަންދޫ ކައުންސިލުން އާންމުކުރި ވީޑިއޯއެއްގައި، ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، މިހާރު ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއިއެކު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ބިންތަކެއްވެސް އޮންނަނީ ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ކަމުގައެވެ. “އަދި އެއާއެއްކޮށް ޤަވާއިދުގައި ވަރަށް ރަނގަޅަށް މިކަން ބަޔާންކޮށްފަ އޮންނަކަން އަޅުގަނޑު ފާހަގަކޮށްލަން” ސޮބާހް އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ. އެހެންކަމުން ކައުންސިލުން ބިންތައް (މިނިސްޓްރީތަކަށް) ދޫކުރާނީ، އެބިންތައް ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެބިންތައް ބޭނުންކުރުމަށް (މިނިސްޓްރީ ތަކާއިއެކު) ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށް ސޮބާޙް ވިދާޅުވިއެވެ.

ބެލެވޭގޮތުގައި އިހަވަންދޫ ކައުސިލުން މިގޮތަށް ސްޓޭޑް ނަގާފައިމިވަނީ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއަށް ރިއާޔަތް ކޮށެވެ. ނަމަވެސް އެމާއްދާއަކީ ބިންތައް ރަޖިސްޓްރީކުރުމާއި ގުޅޭ އުސޫލްތައް ބަޔާންކުރާ މާއްދާއެއްނޫނެވެ. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ކަންކަން ބަޔާންކުރާ މާއްދާއެކެވެ.

އާނމުވެފައިވާ ބައެއް ލިޔުންތަކަށް ބަލާއިރު، ރައްޔިތުންނަށް ބޭނުންވާ އާސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރަށް ބިންދޫކުރުމުގައި މިދައުރުގެ ކައުންސިލުން ގެންގުޅެމުންދަނީ އެސްޑޭންޑެވެ. އެގޮތުން މިއަހަރުގެ ފެބުރީމަހު ކައުންސިލުންވަނީ ހޮސްޕިޓަލް އަޅަން މިނިސްޓްރީއޮފް ހެލްތާއި ހަވާލުކޮށްފައިވާ ބިމުގެ ސައިޒަށް ބަދަލުގެނެސް  އެބިން ކައުންސިލްގެ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.

ސަރުކާރުގެ ބޭނުންތަކަށް، އިހަވަންދޫއިން ބިން ދޫކުރުމުގައި އިހަވަންދޫ ކައުންސިލުން އަމަލުކުރަމުންދާގޮތާއިމެދު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު، ސޯޝަލް މީޑިއާގައިދަނީ ވަރަށްބޮޑަށް ކައުންސިލަށް ފާޑުކިޔަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ތިޔަ ސްޓޭންޑަކީ ގޯސް ސްޓޭންޑް އެއްނަމަ އެކަން ކަމާއި ބެހޭ އިދާރާ ތަކުން ކައުންސިލަށް އަންގާނެ ނޫންތޯ