މުހާއްމާ ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲ ( މުހައްމާ)، ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލައިފިއެވެ. މުއްމާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު މަހުލޫފްވެސް، އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރިއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން މިނިވަން ކުރަން ވެސް އަންގާފައިވާ އެ އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އެ އަމުރަކީ ބަޣާވާތެއް ކަމަށް ސިފަކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެބޭފުޅުންނާއި ކުރީގެ ރައީސް މައުމޫނަށް ސަރުކާރުން ކުރަނީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން އުޅުނުކަމުގެ ތުހުމަތެވެ.

ގުޅިފައިވާ ޕާޓީ ތަކުން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ، ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލި ނަމަވެސް ޕީޕީއެމުން ރޭ ވަނީ މާލޭގައި ހުންނަ “ރުމާލު 2” ޖަހަގައިގައި ސަލާމަތީ ޙިދުމަތްދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ޖަލްސާ ބާއްވާފަ އެވެ. މިޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.