މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި
މި ސެޕްޓެމްބަރު 3 ވަނަ ދުވަހު ހއ. ހޯރަފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެރަށުގެ ފަޅުގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އަދި އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މައުލޫމަތު ދެއެވެ.
މި މައްސަލަ ހއ. ހޯރަފުށީ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 4 މީހަކު ހައްޔަރުކޮށްފި
13 - ފެބްރުއަރީ - 2022
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
10 - ޑިސެމްބަރު - 2019
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ހޮސްޕިޓަލްގެ ފުރަތަމަ ފުރަތަމަ ޝީޓް ކޮންކްރިޓްކޮށް ނިމުމުގެ އުފަލުގައި އެމްޕީގެ ފަރާތުން ފިނިހިތްޕެވުމެއް!
2 - ސެޕްޓެމްބަރު - 2026
ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
31 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
ބޭންކު އެކައުންޓު ކުއްޔަށްދޭ މައްސަލަ: ޖިނާއީ ދައުވާއަކާ ކުރިމަތިލާންޖެހި، ބޭންކިން ނިޒާމުން ބޭރުކޮށްލަފާނެ ކަމުގެ އިންޒާރު
8 - މޭ - 2026
ހެލްޕްލައިންތަކުގެ އިތުބާރު ނަގާލައިފި! މިއީ މިނިސްޓަރު އިހުސާން އިސްތިއުފާ ދޭންޖެހޭވަރުގެ ކަމެއް!
23 - އޭޕްރީލް - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް