އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު

މުޙައްމަދު އަކުރަމް

އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ވެލިއެޅުމުގައި އެހީތެރިވެދޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މިހެން ވިދާޅުވީ، އިއްޔަ އިހަވަންދޫ ކައުންސިލާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކާގައެވެ.

އިއްޔަގެ ބައްދަލުވުމަށްފަހު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އިހަވަންދޫއިން އަލަށް ދޫކުރެވުނު 200 ގޯއްޗަށް، ވެލި އަޅަންވީ ގޯތިތައް ކައުންސިލުން އެންގުމުން، ވެލިއަޅާދޭނެ ކަމަށްވަނީ އެމްޓީސީސީގެ ސީއީއޯ ވިދާޅުވެފައިވާކަމަށާ އެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް ޝުކުރު އަދާކުރައްވާކަމުގައެވެ.

އިހަވަންދޫ ކައުންސިލުންވަނީ ބަނދަރުގައިހުރި ވެލިފޫނިން ވެލި ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ޢިއުލަނުކޮށްފައެވެ. ނަމަވެސް އެއިއުލާނާއި ގުޅިގެން މިހާތަނަށް ވެލި ދޫކުރާކަށް ނުފަށެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާއި ސުވާލުކުރުމުން ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަލަށް ގޯތި ދޫކުރި ސަރަހައްދަށް ވެލިއެޅުމަށް ކައުންސިލް ދަނީ އެދެމުންކަމަށާއި، 2022 އަދި 2023 ވަނަ އަހަރުވެސް އެކަމަށްވަނީ އެދިފަކަމުގައެވެ. “ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި MTCC ސީއެސްއާރު ދަށުން ކުރުމަށް އެބަސްވެފައިވާ ގިނަކަންކަން ނުހިނގާތީ އެގޮތުން ލައިސެންސް ޓްރެކު އަދި އަލަށް ގޯތި ދޫކުރި ސަރަހައްދަށް ވެލި ނާޅާދިން މައްސަލާގައި ކައުންސިލް މެނަބަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން އެކަން ކޮއްދެއްވާނެކަމަށް ވަނީ ފާހަގަކޮފަ” ސޮބާހް ވިދާޅުވިއެވެ.

ސޮބާހް އިތުރަށް ވިދާޅުވީ ކައުންސިލުންއެ ވެލިދުކުރުމަށް މިހާރު ވާނީ ގޮތްތަކެއް ނިންމާ އެކަން ރައްޔިތުން އަންގާފަ ކަމަށާ، މިހަފުތާ ތެރޭ ވެލި ދޫކުރުމަށް ފެށޭނެކަމުގައެވެ. ސޮބާހް ވިދާޅުވީ ދެން އެކަމުގަ އެއްޗެއް ދަންނަވަން އެނގޭނީ ކައުންސިލް މަޝްވަރާކޮށްފަކަމުގައެވެ. ކައުންސިލް ވިސްނުމަކީ އަވަހަށް ވެލި ދޫކުރުންކަން ސޮބާހް ފާހަގަކުރެއްވިއެވެ.