ކުޑަކުދިންގެ ޕާކުގައި ކެފޭއެޅުމަށް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅުމަށް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަޒް އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ، އެމަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 453880 (ހަތަރު ލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ އަށްޑިހަ އަށް) ރުފިޔާއަށް، 100 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމުގައެވެ.

އިހަވަންދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރަށްޤީކުރުމުގެ މަސައްކަތް މިދައުރުގެ ކައުންސިލުން އަނަނީ ކުރަމުންނެވެ.