އިހަވަންދޫއަށް އަރާފައިބަން ހާއްސަކޮށްފައިވާ ސިޑިއަށް ގާތްކުރުމަށް އެމްބިއުލާންސަށް ދިތިވާކަމަށްބުނެ، އިހަވަންދޫ ކައުންސިލުން އެމްޑީޕީއިން ޖަހާފައިވާ ދިދަދަނޑިތަކެއް ނަގަން އުޅުމުން ހަމަނުޖެހުން އުފެދިއްޖެއެވެ. މިހަމަނުޖެހުމުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ބޮޑު މަރުތޭލެއް ހޫރާލާފައިވާއިރު، ކައުންސިލްގެ ކޮންޓްރެކްޓް ބައެއް މުވައްޒަފުންވަނީ ކައުންސިލްގެ ރަސްމީ މަސައްކަތުގައި އުޅެމުން ރައްޔިތުންނާ ދިމާލަށް އަވަގުރާނަ ގޮވާފައެވެ. އަދި ބައެއް ކައުންސިލަރުންވެސްވަނީ ކައުންސިލްގެ ޔުނީފޯމްގައިތިބެ ޒުވާބު ކޮށްފައެވެ.
މިކަމާ ގުޅިގެން ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ސޯސަލް މީޑިއާގައި ބުނެފައިވަނީ، ބަނދަރުގައި މިހާރު ރަސްމީކޮށް ބޭނުންކުރާސިޑި ސަރަހައްދަށް ވާޓިކަލް ބެނާ 3 ޕާޓީޔަކުން ޖަހާފާ ހުރުމުން ބަލިހާލުދެރަވެ ސީއެމްބިއުލަންސުގަ ގެންދާ ބަލިމީހާ ގޮވާގެންދާ އެމްބިއުލަންސަށް ޕޭމަންޓަށް ނޭރި އަދި ބަލިމީހާ އުފުއްލާ އަށިގަނޑު އުފުލުމަށް ދަތި ވުމުން 3 ޕާޓީއަށް ކައުންސިލުން ސިޑި ހިމެނޭ ސަރަހައްދުން ވަކިހިސާބެއް ކަނޑައަޅާ ވާޓިކަލް ބެނާތަށް ނަގާ ދިނުމަށް އެދުމުން އެމްޑީޕީ ފިޔަވާ އެހެންޕާޓީތަކުން އެކަން ވަގުތުން ކޮއްދިން ނަމަވެސް ތަކުރާރު ކޮން އެދުމުންވެސް އެމްޑީޕީން އެބެނާތައް ނުނެގިކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަދު މައްސަލަ އުފެދުނީ އެމްބިއުލާންސަށް ދަތިކަމެއްނެތި ސިޑިއާ ގާތްކުރެވޭވަރަށް ޖާގަ އެސަރަހައްދުން ހަދާފައިއޮށްވާ، އެމްބިއުލާންސް ވެއްދޭނެޖާގަ އެސަރަހައްދުގައި ނެތްކަމަށްބުނެ، އެމްޑީޕީގެ ދިދަތައް ކައުންސިލުން ނަގަން އުޅުމުންކަމުގައެވެ. “ފުލުހުންނާއި ހެލްތް ސެންޓަރުގެ ވެރިން އެދުނުގޮތަށް ޖާގަ ހަދާފަ އިއްޔަ ހޮޅި ޖަހާފަ ހުންނާނީ” ޝިފާއު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ދިދަ އަދި ބެނާތަކާއި ގިޑިގެތަކުން އިހަވަންދޫ ބަނދަރުސަރަހައްދު މިހާރުވަނީ ފުރާލައިފައެވެ. އެފަދަ ތަކެތި އެސަރަހައްދުގައި ޖަހާފައިވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށާއި، ޓްރެފިކަށްވެސް ދަތިވާވަރަށެވެ. މަގަތު ފާލަމާއި އިންވެގެން، އޯގަސްޓް 18 އިން ފެށިގެން އޯގަސްޓް 23 އާއި ހަމަޔަށް، އެމްބިއުލާންސް ފަދަ އުޅަނދުފަހަރުވެސް ސިޑިއާއި ގާތްކުރަންދަތިވާ ވަރަށް އޮތީ ވާޓިކަލް ބެނަރ ޖަހާފައެވެ. ނަމަވެސް ބައެއް ވާޓިކަލް ބެނަރ ނަގާފައިވާތީ އެސަރަހައްދު މިހާރު އޮތީ އެފަދަ އުޅަނދަށް ގާތްކުރެވޭ ގޮތަށެވެ.