ތިލައުތުރު ފުޓްސަލް މުބާރާތް: އިހަވަންދޫ ޓީމަށް ހިތްދަތި ފެށުމެއް

މުޙައްމަދު އަކުރަމް

ތިލައުތުރު ފުޓްސަލް މުބާރާތުގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގައި، އިހަވަންދޫގެ ފުރަތަމަ މެޗުން 2-3 ގެ ނަތީޖާއަކުން މުރައިދޫ އަތުން ބަލިވެއްޖެއެވެ. މުރައީދޫ ޓީމް މިމެޗުން މޮޅުވެފައިވަނީ، އިހަވަންދޫ ޓީމުން 2 ގޯލް ޖަހާފައިވަނިކޮށް ފަހަތުންއަރާ 3 ގޯލް ޖަހައިގެންނެވެ.

މެޗްގެ ފުރަތަމަ ގޯލް މެޗްގެ ފުރަތަމަ ހާފްގައި އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 21، ޝިފާޒް އިބްރާހިމް ޖަހައިދިންއިރު، މެޗްގެ ދެވަނަ ހާފް ފެށުމާއިއެކު އިހަވަންދޫ ޓީމްގެ ދެވަނަ ގޯލް ޖަހައި ލީޑް ފުޅާކޮށްދިނީ މުހައްމަދު ޝާނިއުއެވެ. މުރައިދޫ ޓީމްގެ ޖޯޒީ ނަންބަރު 10 އެއް ގޯލް އެޓީމަށް ޖަހައިދިންއިރު މެޗް ނިމެންދަނިކޮށް ގާތްގާތުގައި އެޓީމްގެ ޖާޒީ ނަންބަރު 11 ވަނީ ދެ ގޯލް ޖަހައި އެޓީމަށް މެޗް ކާމިޔާބު ކޮށްދީފައެވެ.

ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި، އިހަވަންދޫ ޓީމް އޮތީ ގްރޫޕް 3 ގައެވެ. އެގްރޫޕްގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ އަދި ދިއްދޫއެވެ. މިގްރޫޕްގެ ދެވަނަ މެޗްގައި މާދަމާ އިހަވަންދޫ ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. މިއަދުގެ މެޗުން ބަލިވުމުން ގްރޫޕްގެ އެއްވަނަ ހޯދައި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އިހަވަންދޫ ޓީމަށްވަނީ ގެއްލިފައެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމްގެ އިތުރުން ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ. ގްރޫޕް 3 ގެ ޓީމްތަކަށް އެއްމެޗް މަދުވުމުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 2 ވަނަ ޓީމަށް ވުމުގެ ފުރުސަތު ކުޑަވާތީ ގްރޫޕް 3 ގެ 2 ވަނަ އަދި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅޭނެއެވެ. ނަމަވެސް ގްރޫޕް 3 ގެ އެއްވަނަ ޓީމް ހޮވުމަށް އެމެޗްގެ ނަތީޖާއަށް ނުބަލާނެއެވެ. ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.

ޚިޔާލު ފައުޅުކުރުން

ޓިޔާ ފެެއިލް ވެފަ ތިބި ބައެއް.