ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގައި، އިހަވަންދޫ ޓީމްގެ ފަހުމެޗްގައި ދިއްދޫ ބަލިކޮށް، މޮޅަކުން މުބާރާތް ނިންމާލައިފިއެވެ. މިއަދުގެ މެޗުން އިހަވަންދޫ މޮޅުވީ 7-8 ގޯލުން ދިއްދޫ ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިދެ ޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި ފުރަތަމަ މެޗުގައި ދިއްދޫވަނީ އިހަވަންދޫގެ މައްޗަށް 1-4 ގޯލުން ކުރި ހޯދާފައެވެ. ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި، އިހަވަންދޫ ޓީމް އޮތީ ގްރޫޕް 3 ގައެވެ. އެގްރޫޕްގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ އަދި ދިއްދޫއެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމްގެ އިތުރުން ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ. ގްރޫޕް 3 ގެ ޓީމްތަކަށް އެއްމެޗް މަދުވުމުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 2 ވަނަ ޓީމަށް ވުމުގެ ފުރުސަތު ކުޑަވާތީ ގްރޫޕް 3 ގެ 2 ވަނަ އަދި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅޭނެއެވެ. ނަމަވެސް ގްރޫޕް 3 ގެ އެއްވަނަ ޓީމް ހޮވުމަށް އެމެޗްގެ ނަތީޖާއަށް ނުބަލާނެއެވެ. ގްރޫޕް ސްޓޭޖްގައި އިހަވަންދޫ އަދި ދިއްދޫ ދެވަނަ މެޗް ކުޅެން ޖެހުނީ ގްރޫޕް 3 އިން އިހަވަންދޫ 3 ވަނައަށް ގޮސް ދިއްދޫ 2 ވަނައަށް ދިއުމުންނެވެ. މިއަދުގެ މެޗުން ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން ދިއްދޫ ޓީމް، ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ.
ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.