ރަމަޟާން މަހާ ދިމާކޮށް ބާއްވާ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޢަބުދުﷲ ޙަމީދު
2 - މާރިޗު - 2022
ކުރިއަށް އޮތް ރަމްޟާންމަހާއި ދިމާކޮށް، އިހަވަންދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އިހަވަން ރަމަޟާން ބާޒާރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ މިއީ ރަމަޟާންމަހާ ދިމާކޮށް، ރަށުގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުންނާއި، އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުން ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ބާޒާރެއްކަމަށެވެ.
މިހިނގާ މާރިޗު މަހުގެ 24 އިން 27 އަށް އިހަވަންދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިބާޒާރުގައި ސްޓޯލްތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން 01 މާރިޗު 2022 އިން 10 މާރިޗު 2022 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް އިހަވަންދޫ ކައުންސިލުގައި ރެޖިސްޓުރީ ކުރުމަށް ކައުންސިލުން އެދިލައްވައެވެ. މިބާޒާރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހާވީރު 4:15 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ސުޓޯލްތަކަށް ބޭނުންވާ ކަރަންޓް އަދި ރޭގަނޑު ދިއްލުމުގެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައިދޭއިރު، މިބާޒާރުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ނަމަވެސް ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތައް ބައިވެރިވުމުމަށް ދައްކަން ޖެހެނީ 500 ރުފިޔާއެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަށް އޮންނާނެކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް