އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ބިދޭސީ އަކު ހައްޔަރު ކޮށްފި

ޢަބުދުﷲ ޙަމީދު

މިއަދު ހަވީރު 4:15 ގައި އިހަވަންދޫ އައިސް ޕުލާންޓު ތެރޭގައި ގިނަ ޒަހަމުތަކަކާއި އެކު މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު ގެ މަރުގެ މައްސަލާގައި ބިދޭސީއަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމައްސަލާގައި މިހާރު ވަނީ ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ކަމަށެވެ. ނަމަވެސް އެއީ ކާކު އަދި ކޮން ޖިންސެއްގެ މީހެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.

އިސްމާއިލް އުމަރުގެ ހަށިގަނޑު އަދިވެސް އައިސްޕުލާންޓުތެރޭގައި އޮތްއިރު ފުލުހުން ވަނީ އައިސް ޕުލާންޓު ހިމެނޭ ގޮތަށް އެސަރަހައްދުގެ ބޮޑުބައެއް ބަންދު ކޮށްފައެވެ.