Banner Image Description

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރުގައި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ރަށު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖޫން 3 ވަނަ ދުވަހު އިހަވަންދޫ ސުކޫލުގައި ބާއްވާގޮތަށް ހަމަޖައްސަވައިފި އެވެ.

މި ރަސްމިއްޔާތު ކުރިއަށްދާނީ ޖޫން 3 ވަނަ ދުވަހު ހެނދުނު 11:00ގައި އިހަވަންދޫ ސުކޫލުގެ ހޯލުގައެވެ.

އާއްމުނަށްވެސް ވަދެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިރަސްމިއްޔާތަށް މުވައްސަސާތަކުގެ ވެރިންނަށާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންނަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރަސްމިއްޔާތުގައި އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުމާއި، ހުވައިގެ އިޤުރާރުގައި ސޮއިކުރުން އޮންނާނެ އެވެ. ޤައުމީ ސަލާމުން ނިންމުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ފަހު ފޮޓޯނެގުން ކުރިއަށް ދާނެ ކަމަށް ލޯކަލް ގަވަރމެންޓު އޮތޯރިޓީން ވަނީ ބުނެފައެވެ.