Banner Image Description

އަތޮޅު ކައުންސިލްގެ ގޮނޑި ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފި

ޢަބުދުﷲ ޙަމީދު

އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާގެ ގޮނޑި، ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓު ޢަބުދުﷲ ހުސައިން ކާމިޔާބު ކުރައްވައިފި  ކަމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ، މިހާތަނަށް ސާފުކުރެވިފައިވާ ވަގުތީ ނަތީޖާ ތަކުން ދައްކައިފި އެވެ.

އިހަވަންދޫގައި ބެހެއްޓި ދެފޮއްޓާއި މާރަންދޫ، މޮޅަދޫ އަދި މާލޭގައި ބެހެއްޓި އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓު ލުމަށް ބެހެއްޓި ފޮށީގެ ވަގުތީ ނަތީޖާ ލިބިފައި ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު، ޢަބުދުﷲ ހުސައިން މި ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެބޭފުޅާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، މުޙައްމަދު އަރީބު އަށްވުރެ އިތުރަށް 678 ވޯޓު ހޯއްދަވައިގެން ނެވެ. ޢަބުދުﷲ ހުސެއިން އަށް މިފޮށިތަކުން މިހާތަނަށް ޖުމުލަ 1529 ވޯޓު ލިބިފައިވާ އިރު އެއީ މިފޮށި ތަކަށް ވޯޓުލީ މީހުންގެ 62 އިންސައްތަ އެވެ. މުޙައްމަދު އަރީބު އަށް ލިބިފައިވަނީ 851 ވޯޓެވެ. އެއީ މިފޮށި ތަކަށް ވޯޓުލީ މީހުންގެ 35 އިންސައްތަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިހަވަންދޫން ކުރިމަތިލެއްވި އެމްޑީޕީގެ 6 ކެންޑިޑޭޓުންނަށް ވަނީ ގޮނޑިތައް ކަށަވަރު ވެފައެވެ.