އިހަވަންދޫގައި 300 ހައުސިންގް ޔުނިޓް އެޅުމަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމެންޓް ގެ ދަށުން ހިންގުމަށް ބަޖެޓް ކޮށްފައިވާ އެ މަޝްރޫޢަށް 2024 ވަނަ އަހަރުގެ ބަޖެޓުން 2 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، 2025 ވަނަ އަހަރު 8 މިލިއަން އަދި 2026 ވަނަ އަހަރު 8 މިލިއަން ރުފިޔާ އެމަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިމަޝްރޫޢޫ ބަޖެޓްގައި ހިމަނާފައެއް ނުވެއެވެ. މިމަޝްރޫއު ބަޖެޓަށް އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީންނެވެ.