މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން

މުޙައްމަދު އަކުރަމް

މުރައިދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައި އިހަވަންދޫ ޓީމް، ގޯލްޑެން ފުޓްސަލް ޗެލެންޖު 2024، މޮޅަކުން ފަށައިފިއެވެ.

މިރޭގެ މެޗްގައި އިހަވަންދޫ ޓީމްގެ ހާމިދު 2 ގޯލް ޖަހާފައިވާއިރު، ސާޖިދު އަދި ޝާމިލް ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހިއެވެ. އިހަވަންދޫ ޓީމްގެ އަނެއް ގޯލަކީ މުރައިދޫ ކުޅުންތެރިއެއް ގައިގައިޖެހި ބައިކޮޅަށްވަން ގޯލްއެވެ. މިޗްގައި މުރައިދޫ ޓީމުންޖެހި ހަމައެކަނި ގޯލްޖެގީ އެޓީމްގެ އުފާލްއެވެ.

މިމުބާރާތުގައި އިހަވަންދޫ ދެންނުކުންނާނީ ފިއްލަދޫއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ ޖަނަވަރީ 19 ވަނަ ދުވަހުގެރޭ 21:00 ގައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިހަވަންދޫ ޓީމް ޖަނަވަރީ 23 ވަނަ ދުވަހުގެރޭ 22:00 ގައި ނުކުންނާނީ މާރަންދޫއާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުރާތް އިހަވަންދޫ ޓީމަށް ނިންމާލަންޖެހުނީ 1 ޕޮއިންޓާއިއެކު ގްރޫޕް ސްޓޭޖާއި ހަމައިންނެވެ.

މިމުބާރާތުގެ ހއ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް މެޗްތައް މިރެއިން ފެށިގެން މިމަހުގެ 23 އަށް ކުރިޔަށް ދާއިރު ހއ އަތޮޅުން 12 ޓީމެއް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން މިމުބާރާތުގެ އަތޮޅުބުރު ކުރިޔަށް ގެންދަނީ ހއ އަތޮޅުން ބައިވެރިވި ޓީމްތައް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ޓީމް ނޮކް އައުޓް ބުރަށް ކޮލިފައިވާނެއެވެ. ހއ އަތޮޅުގެ ނޮކްއައުޓް ބުރުގެ މެޗްތައް ކުރިޔަށްދާނީ ޖަނަވަރީ 27 އިން 6 ފެބުރުއަރީއާ ހަމައަށެވެ. އިހަވަންދޫ ހިމެނޭ ގްރޫޕްގައި އޮތީ އިހަވަންދޫގެ އިތުރުން މާރަންދޫ، ފިއްލަދޫ އަދި މުރައިދޫއެވެ.