އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު އަކުރަމް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ އިހަވަންދޫ ފުޓްސަލް ޓީމް، ހއ އަތޮޅު ބުރުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. އިހަވަންދޫ ޓީމަށް ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުވީ ރޭ މާރަންދޫއާ ދެކޮޅަށް ކުޅުނުމެޗް 1-1 އިން އެއްވަރުވުމުން ގްރޫޕްގެ 3 ވަނަ ޓީމްގެ ގޮތުގައެވެ.

މިމުބާރާތުގެ ހއ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖްގައި 12 ޓީމެއް ވާދަކުރިއެވެ.  ހއ އަތޮޅުން ބައިވެރިވި ޓީމްތައް 3 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާއިރު،  ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިން ގުރޫޕުން ވެސް ތިންވަނަ ހޯދާ ދެޓީމު ތަކުގެތެރެއިން އެންމެ ރަނގަޅު ދެޓީމަށް ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބިގެންދާނެއެވެ.

ގްރޫޕް އޭ ގެ އެއްވަން ހޯދައިގެން 7 ޕޮއިންޓާއިއެކު މާރަންދޫ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރިއިރު އެގުރޫޕްގެ 2 ވަނަ ހޯދައިގެން 6 ޕޮއިންޓާއިއެކު ކުއާޓާރ ފައިނަލަށް ދަތުރުކުރީ ފިއްލަދޫއެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމެއްގެ ގޮތުގައި އުތީމް ކުއާޓާރ ފައިނަލަށް ދަތުރުކުރިއިރު އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރީ ބާރަށެވެ. ގްރޫޕް ސީ ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ވަށަފަރު ދަތުރުކުރިއިރު އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާރ ފައިނަލަށް ދަތުރުކުރީ ދިއްދޫއެވެ.

3 ގްރޫޕުގެ 3 ވަނަ އަށް ދިޔަ 3 ޓީމްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ހޯރަފުއްޓާއި އިހަވަންދޫއެވެ. ހޯރަފުށިން 6 ޕޮއިންޓް ހޯދާފައިވާއިރު އިހަވަންދޫއިންވަނީ 4 ޕޮއިންޓް ހޯދާފައެވެ. ގްރޫޕް ސީ އިން 3 ވަނައަށް ދިޔަ ތުރާކުން 4 ޕޮއިންޓް ހޯދާފައިވާނަމަވެސް އެޓީމް ކެޓީ ގޯލްގެ ތަފާތުންނެވެ. ހއ އަތޮޅުގެ ނޮކްއައުޓް ބުރުގެ މެޗްތައް ކުރިޔަށްދާނީ ޖަނަވަރީ 27 އިން 6 ފެބުރުއަރީއާ ހަމައަށެވެ.