ޑެލިވަރީ ކޮށްދޭ ތަންތަނުގެ އަދާހަމަ ލިސްޓު
ފުރަބަންދުގެ މުއްދަތުގައި އިހަވަންދޫ ކައުންސިލް އަދި ފެނަކަ އިހަވަންދޫ ބުރާންޗު ގުޅިގެން ގޭބިސީތަކުގައި އުފެދޭ ކުނި އުކާދިނުމުގެ ޚިދުމަތް އެއްވެސް އަގަކާ ނުލާ ދަނީ ކުރަމުން.
06:19
23 Apr 2020
ފުރަބަންދުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ބޭނުންތައް ހަމަޖައްސައި ދިނުމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްއިންވަނީ ހެލްޕު ޑެސްކެއް ގާއިމު ކޮށްފައި.
ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ޚިދުމަތް ދެމުން އަންނަ މި ޑެސްކުގެ ނަމްބަރއަކީ 6500284
06:15
23 Apr 2020
އިހަވަންދޫ ފުރަބަންދުގައި ބާއްވާތާ މިއަދަށް މީ 4 ވަނަ ދުވަސް. ފުރަބަންދުގައި އިތުރު 17 ދުވަހު އިހަވަންދޫ ބޭއްވުމަށް އިހަވަންދޫ ކައުންސިލުންވަނީ ނިންމައިފަ.
06:12
23 Apr 2020
މިވަގުތު އިހަވަންދޫގައި މޮނިޓަރިންގައި ހުރި ތަންތަނުގެ ތެރޭގައި 43 ގެއާއި މާލެ ދަތުރުކުރާ 1 ބޯޓު ހިމެނޭކަމަށް ޓާސްކު ފޯހުން މައުލޫމާތުދެއްވާ.
19:54
22 Apr 2020
އިހަވަންދޫގައި ދުވާލަކަށް 4500 ލިޓަރ ޑީސަލް ބޭނުންކުރެވޭއިރު ދުވާލެއްގެ މައްޗަށް 25 ޓަނު ފެން ބޭނުންކުރެވޭ ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ. އަދި ކެއިން ބުއިމަށް އާންމުކޮށް ބޭނުންވާ ހުރިހައި ތަކެއްޗެއްވެސް އިހަވަންދޫގެ ފިހާރަތަކުގައި އެބަހުރިކަމަށާއި ފިހާރަތަކަށް ލިބޭ ގިނަ އޯޑަރުތައް އެ އޯޑަރެއް ލިބޭ ދުވަހު ގެތަކަށް ޑެލިވަރ ކޮށްދޭކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ހާމަކޮށްފަ.
19:51
22 Apr 2020
މިއަދު އިހަވަންދޫގައި ލިބެންހުރި އަސާސީ ބައެއް ތަކެތި:
* 1100 ކިލޯ ހަނޑު، 2300 ކިލޯ ހަކުރު އަދި 4050 ކިލޯ ފުށް
* 25000 ލިޓަރ ޑީސަލް، 500 ޓަނު ފެން އަދި 500 ލިޓަރ ޕެޓްރޯލް
19:48
22 Apr 2020
ކޮވިޑް-19 ހެލްޕު ޑެސްކުގެ އިއްޔެގެ ތަފާސް ހިސާބަށް ބަލާއިރު:
* 58 ފަރާތަކަށް ޒަރޫރީ ބޭނުންތައް ހަމަޖެއްސުމުގައި އެހީތެރިވެދީފައިވޭ
* މަސް ދޯންޏަކުން މަސް ގަންނަން ބޭނުންވި 67 ފަރާތަކަށް އެ އިންތިޒާމު ހަމަޖައްސައި ދީފައިވޭ
19:43
22 Apr 2020
އާމިނާ ދިއޯ ހެލްތު ސެންޓަރުގައި ހަދަމުންދާ މި މަރުކަޒް ނިމޭއިރު 3 އެނދުގެ އައިސީޔޫއެއް ހުންނާނެކަމަށް ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްގެ ޗެއަރ މުޙައްމަދު އަކްރަމް މަޢުލޫމާތު ދެއްވާ.
19:42
22 Apr 2020
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިހަވަންދޫގައި ޤާއިމުކުރާ ފަރުވާދޭ މަރުކަޒްގެ މަސައްކަތް ކުރިއަށްދަނީ
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިހަވަންދޫގައި ޤާއިމުކުރާ ފަރުވާދޭ މަރުކަޒްގެ މަސައްކަތް ކުރިއަށްދަނީ
ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގައި ޤާއިމުކުރާ ފަރުވާދޭ މަރުކަޒުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްއެބަދޭ.
17:48
22 Apr 2020
މިއަދު ނެގި ސާމްޕަލްތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކިނަމަވެސް އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލެއް ނުގެންނާނެ ކަމަށް ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްގެ ޗެއަރ މުޙައްމަދު އަކުރަމް ވިދާޅުވެއްޖެ.
ރޭ އިހަވަންދޫ މޮނިޓަރިންގ އިން ނެގުމުންވެސް ކައުންސިލުންވަނީ އަޅާފައިވާ ފިޔަވަޅުތައް އެގޮތަށް ދަމަހައްޓައިފަ.
17:09
22 Apr 2020
އުލިގަމުން ކޮވިޑް-19 އަށް ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ހއ އަދި ހދ ގައި ތިބި ފަރާތްތަކުގެ ސާމްޕަލް ނަގާފައިނުވާތީ، އެޗް.ޕީ.އޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލުކުރުމުން ކޮވިޑް-19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ސާމްޕަލް ނަގަނީ އަލާމަތްތައް ފެންނަ ފަރާތްތަކުން ކަމަށެވެ. ނަމަވެސް އިހަވަންދޫން މިއަދު ސާމްޕަލް ނެގި ފަރާތްތަކުގެ ގައިން ބައްޔަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިފައިވާކަމެއް ނުވަތަ ނުވާކަމެއް ކާމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވޭ.
16:59
22 Apr 2020
ކޮވިޑް-19 އަށް ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކުގެ ސާމްޕަލް ނެގުމެއްނެތި އިހަވަންދޫ މޮނިޓަރުން ހާލަތުން ނެގުމާގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު ވަގުތު ޖެހުމުން ޓެސްޓްކުރަންޖެހޭ ފަރާތްތައް ޓެސްޓް ކުރާނެކަމަށް އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއުވަނީ ވިދާޅުވެފައި. މިއަދު ނެގުމަށް ހަމަޖެހިފައިވަނީ ކިތައް ސާމްޕަލްކަމެއް ނޭނގެ.
16:50
22 Apr 2020
ކާވިޔާ ބޯޓުން ދަތުރު ކުރި އުލިގަމު މީހެއް ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް އިހަވަންދޫގެ ގެތަކުގައި އެކަހެރި ކުރެވިފައިވާއިރު މިހާރު ސާމްޕަލް ނަގަމުންދަނީ އެފަރާތްތައް ކަމެއް ކަށަވަރެއް ނުކުރެވޭ.
16:44
22 Apr 2020
ސާމްޕަލް ނެގުމަށް އާމިނާދިޔޯ ހިއްޙީ މަރުަޒުގެ މުވަޒަފުން ހަރަކާތްތެރިވަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިހަވަންދޫގެ ބައެއް މީހުންގެ ގައިން ސާމްޕަލް ނަގަމުން އެބަދޭ. ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ އާމިނާ ދިޔޯ ހެލްތު ސެންޓަރގެ މުވައްޒަފުން.
07:00
22 Apr 2020
ގޭގެއިން ކުނި ނެގުމުގައި 2 ޕިކަޕާއި 5 ރަށު ޕިކަޕު ހަރަކާތްތެރިވަމުން އެބަދޭ
01:08
22 Apr 2020
ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ފަރާތްތައް އިހަވަންދޫގައި ތިބިނަމަވެސް އެފަރާތްތައް ޓެސްޓު ނުކޮށް އިހަވަންދޫ މޮނިޓަރިން ހާލަތުން އެޗް.ޕީ.އޭ އިން ނެގުމުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ޖަވާބު ދެއްވައިފިއެވެ. މެމްބަރުގެ ފޭސްބުކް ސްޓޭޓަސްގައި އެމަނިކުފާނު ވިދާޅުވީ އިހަވަންދޫ އަދި މާރަންދޫގައި ޓެސްޓް ކުރަންޖެހޭ އެއްވެސް މީހަކު ހުރިނަމަ، ޓެސްޓް ނުކޮށް ދޫނުކުރައްވާނެކަމަށާއި ވަގުތު ޖެހުމުން އެކަން ކުރައްވާނެ ކަމަށެވެ.
އަދި ކަންބޮޑުވެނުލައްވައި ރައްޔިތުން ރައްކާތެރިކަމާއެކު ގޭގައި ތިއްބެވުމަށް މެމްބަރވަނީ ނަސޭހަތްތެރިވެފައެވެ.
21:25
21:11
21 Apr 2020
އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނެގުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފި.
21:03
21 Apr 2020
މިއަދު މިވަނީ ކާއެއްޗެތި ހޯދުމުގެ ބަދަލުގައި ހުރި އެއްޗެއް ކެއުމުގެ އާދަ އަށް ބަދަލުވާން ޖެހިފަ: އިހަވަންދޫދާއިރާގެ އިއްޒަތްތެރި މެމްބަރ ޝިފާޢު
20:00
21 Apr 2020
ހއ. އުލިގަމުން ކޮވިޑު 19 އަށް ފައްސިވީމީހާ (ކޭސް 52) އާ ޑައިރެކްޓް ކޮންޓެކްވި ފަރާތެއް (ކޭސް84) މާލެއިން ކޮވިޑަށް ފައްސިވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި.
14:09
21 Apr 2020
އިހަވަންދޫ މޮނިޓަރިންގެ ހާލަތުގައި 21 ދުވަހު ބޭއްވުމަށް ޓާސްކްފޯސް ކޮމެޓީން ނިންމާފައިވޭ. އެހެންކަމުން ހުރިހާ ކަމެއް ރަނގަޅަށް ދިޔަނަމަވެސް އަދި އިތުރު 19 ދުވަހަށް ފުރަބަންދު ދެމިގެން ދާނެ.
13:58
21 Apr 2020
ކޮވިޑް19ގެ ދަތި އުނދަގޫ މި ހާލަތުގައި ކުރިމަތިވާ ކަންކަމާ ގުޅިގެން އެކިއެކި ފަރާތްތަކަށް ބޭނުންވެދާނެ ނަފުސާނީ އަދި ރޫޙާނީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫ ރައްޔިތުންނަށް ޚާއްޞަކޮށް ކޮމިއުނިޓީ ވައިބަރ ގުރޫޕެއް އުފައްދާފި.
މިހާލަތުގައު ދީނީ ގޮތުން ކަމެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ ޝައިޚް ޤާދިރުގެ އިރުޝާދު ލިބިގެންދާނެކަމަށާ ގުރޫޕުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގުރޫޕުގެ އެޑްމިން އެދިލައްވާ!
13:52
21 Apr 2020
އިހަވަންދޫގައި އެކަހެރިކޮށްފައި ތިބިފަރާތްތަކުގެ ހާލަތު ދަނީ ގާތުން ބަލަމުން. ކޮންމެ ދުވަހަކު ދެފަހަރު އެފަރާތްތަކަށް ގުޅާގެން ހާލަތު އޮޅުންފިލުވަމުންދޭ.: ޓާސްކްފޯސް
13:50
21 Apr 2020
ރޯގާގެ އަލާމަތްތައް ހުރިގެން ވޭތުވެދިޔަ ތިން،ހަތަރު ދުވަހުގެ ތެރޭގައި އިހަވަންދޫން އެއްވެސް ފަރާތެއް މަރުކަޒށް ރިޕޯޓު ކޮށްފައެއް ނުވޭ.: ހުސެއިން ފަޔާޒް
13:34
21 Apr 2020
ހާއްސަ ހާލަތު އިޢުލާނު ކުރިހިސާބުން އިއްޔެގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ބޭރަށް ނުކުމެ އުޅުނު 20 ފަރާތަކަށް ފުލުހުން ނަސޭހަތްތެރިވެފައިވޭ. މީގެ ތެރެއިން 1 ފަރާތަކަށް ޕޮލިސް ސްޓޭޝަނަށް ގެންގޮސް ނަސޭހަތްދީފައިވޭ.
13:32
21 Apr 2020
އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް އިއްޔެ 581 ކޯލް ލިބިފައިވާއިރު، 71 ފަރާތަށް ހާއްސަ ހާލަތުގައި ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވޭ.
13:29
21 Apr 2020
ޒަރޫރީ ބޭނުންތަކުގައި ހެލްޕު ޑެސްކަށް އިއްޔެ ޖުމުލަ 50 ކޯލު ލިބިފައިވާއިރު، 49 ފަރާތުން އެދުނު ކަންތައް 30 މިނެޓުތެރޭ ފުއްދާދެވިފައިވޭ.
13:26
21 Apr 2020
ފިހާރަތަކުގެ ޑެލިވަރީ ވަރަށް ރަނގަޅަށް ކުރިއަށްދޭ. އިއްޔަގެ ހުރިހާ އޯޑަރުތަށް އިއްޔެ ވަނީ ޑެލިވަރީ ކޮށްފައި.
13:21
21 Apr 2020
މިވަގުތު މާލޭގައި އޮތް ޓޫފޯޓޫ ބޯޓަށް މިވަގުތާ ހަމައަށް 300 ބަސްތާ ކާޑު އެސްޓީއޯއިން ވަނީ ފޯރުކޮށްދީފަ. ކުރިއަށް އޮތްތަނުގައި ވެސް އެސްޓީއޯއިން ބޯޓަށް ކާޑު ފޯރުކޮށްދޭނެ. ކުރިއަށް އޮތް ދުވަސްތަކުގަ އިހަވަންދޫއަށް ކާޑުގެ އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ: ކައުންސިލް
21 Apr 2020
11:56
21 Apr 2020
ކާޑޫގެ ބާވަތްތައް އިހަވަންދޫގެ 2 ފިހާރައަކުން ލިބެން އެބަހުރި ކަމަށާއި ހަނޑޫ ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ހަކުރާއި ފުއް ފުދޭ މިންވަރަށް ހުރިކަމަށް ޓާސްކްފޯސްގެ ލައިވް ޕުރޮގުރާމުގައި ބުނެފި.
11:07
21 Apr 2020
ފޭސްބުކު ލައިވް ކުރިއަށްދާއިރު ތިޔަބޭފުޅުން އޮޅުންފިލުވަން ބޭނުންވާ ސުވާލުތައް ލައިވް އަށް ކޮމެންޓު ކުރައްވާ.
10:20
21 Apr 2020
ކޮވިޑް-19 އާ ގުޅިގެން، މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިއްމު މައުލޫމާތު ހިއްސާކުރުމަށްޓަކައި ކައުންސިލްގެ ފޭސްބުކު ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައި ޕޮރޮގްރާމް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ.
10:16
21 Apr 2020
ކުނިވާ ޒާތުގެ ކުނި އުކާލުން ކޮންމެ ދުވަހަކުވެސް ހެނދުނު 6:30 އިން ފެށިގެން ކުރިއަށް ގެންދާނެކަމަށާއި ހުރިހައި ގެތަކުންވެސް 6:30 ވާއިރު ދޮރައިށިކައިރިއަށް ކުނި ނެރެފައި ބެހެއްޓުމަށް ޓާސްކު ފޯސްއިން މަޢުލޫމާތު ދެއްވާ.
09:42
21 Apr 2020
ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫ ޓާސްކު ފޯސްއިން ގާއިމުކޮށްފައިވާ ހެލްޕު ޑެސްކުގެ ޚިދުމަތް، ހެނދުނު 9:00 އިން ރޭގަނޑު 21:00 އަށް ލިބެންހުންނާނެ. ހެލްޕު ޑެސްކުގެ ނަމްބަރއަކީ 6500284
09:25
21 Apr 2020
ކާބޯތަކެތި އިސްރާފު ނުކުރައްވާ
22:30
20 Apr 2020
މިއަދު ދަނބުކުރި ފިހާރައިން 37 ގެއަކަށް ފިހާރައިން ތަކެތި ޑެލިވަރީ ކޮށްދީފައިވާއިރު، ހޯމް ކަލެކްޝަން ފިހާރައިން 40 ގެއަކަށް ޑެލިވަރީ ކޮށްދިން. އަދި ސެވަންބުރަދާސް ފިހާރައިން 15 ޑެލިވަރީ ކޮށްފައިވޭ. ފިހާރަ ތަކުން ޑެލިވަރީ އޯޑަރު ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 9:00 އިން 15:00 އަށް
21:50
20 Apr 2020
ފޮޓޯ: ރާއްޕެ
އިހަވަންދޫގެ މަގުތަކުން ފެންނަނީ ހަމަހިމޭންކަން.
21:36
20 Apr 2020
ކޮވިޑް 19 އާއި ގުޅިގެން އެކި މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިއްމު މައުލޫމާތު ހިއްސާކުރުމަށްޓަކައި މާދަމާ ހެނދުނު 10:30 ގައި ކައުންސިލްގެ ފޭސްބުކު ޕޭޖުން ފޭސްބުކް ލައިވް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެފި
21:05
20 Apr 2020
މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަ ކުރައްވާ ޓާސްކް ފޯސްގެ ފަރާތުން ރައްޔިތުންނަށް ޝުކުރު ދަންނަވައިފި.
20:59
20 Apr 2020
ކޮންޓެކްޓް ޓްރޭސިން ޓީމު ޒިޔާރަތް ކުރުމުން، އިޖުތިމާއީ ގައި ދުރުކަން ބަހައްޓައިގެން، ވަރަށް ތެދުވެރިކަމާއެކު، އިޚްލާސްތެރިކަމާއެކު ސައްހަ މައުލޫމާތު މި ޓީމުގެ މެންބަރުންނާ ހިއްސާކޮށްދެއްވުމަށް ކައުންސިލުން އެދިލައްވާ.
20:57
20 Apr 2020
ކޮވިޑް19ގެ ޓާސްކު ފޯހުގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވަރަށް މުހިއްމު މައުލޫމާތުތަކެއް އެއްކުރުމަށް ޓަކައި މިރެއިން ފެށިގެން މިރަށުގެ ބައެއް ގޭބިސީތަކަށް ޒިޔާރަތް ކުރާނެ ކަމަށް ކައުންސިލުން ބުނެފި.
20:09
20 Apr 2020

ހޯރަފުށި ބަނދަރުގައި އޮތް ރަސްމަގު ބޯޓުން އިހަވަންދޫގެ ފިހާރަތަކަށް ގެނައި މުދާ، ޓާސްކު ފޯހުގެ ފަރާތުން އިހަވަންދޫއަށް ގެނައުމުގެ މަސައްކަތްވަނީ ކޮށްފަ.
17:59
20 Apr 2020
ހއ. އުލިގަމުން ކޮވިޑު 19 އަށް ޕޮޒިޓިވްވި މީހާ މާލެއިން އިހަވަންދޫއަށް ދަތުރުކުރި ކާވިޔާބޯޓު އިހަވަންދޫގައި ބަނދަރުކުރި ވަގުތު އިހަވަންދޫގެ ގެއަކަށްގޮސް ސައިބޯހަދާފައިވާ ކަމަށް ރަށުތެރޭގައި ދެކެވޭ ވާހަކަ އިހަވަންދޫގައި ގާއިމުކޮށްފައިވާ ޓާސްކްފޯސް އިން ދޮގުކޮށްފި. ޓާސްކްފޯސް އިން މިނޫހަށް މައުލޫމާތު ދެމުން ބުނީ އުލިގަމު މީހާ އިހަވަންދޫގެ އެއްވެސް ގެއަކަށް ގޮސްފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް.
16:48
20 Apr 2020
ރަސްމަގު ބޯޓުން މާލެ އިން އިހަވަންދޫގެ ފިހާރަތަކަށް ގެނެސްފައިވާ މުދާ، ހޯރަފުށިން އިހަވަންދޫއަށް ގެނެސް ބަނދަރަށް ބޭލުމުގެ މަސައްކަތް ޓާސްކު ފޯރސްގެ ފަރާތުން ކުރަމުން އެބަދޭ. ރަސްމަގު ބޯޓު އޮތީ ހުވަރަފުށީ ފަޅުގައި.
16:41
20 Apr 2020

ހެލްތު ޕޮރޮޓެކްޝަން އެޖެންސީން އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާތީ ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވާ ފަރާތްތަކުން ހެލްޕް ޑެސްކް ނަންބަރު 6500284 އަށް ގުޅުއްވާ.
16:35
20 Apr 2020
ބަސްނޭހުމުން ތަންތަނަށް ވީގޮތް އަހަރެމެންނަށް ފެނިއްޖެ. ކެތްތެރިކަމާ އެކު މިތިބީ ދެއްވާ އިރުޝާދަށް ފުރިހަމައަށް ތަބާވެގެން ނަމޫނާ ދައްކާ ރައްޔިތެއްގެ ގޮތުގައި އިހަވަންދޫގެ ރައްޔިތުން ތިބޭނީ ގޭގައި: ކައުންސިލް ރައީސް މުޙައްމަދު ރަޝީދު
ކައުންސިލް އިދާރާއިން ދަރުމަވެރިން ހޯދަނީ: ކައުންސިލް އިދާރާއިން ވަނީ އިހަވަންދޫ މޮނިޓަރިންގެ ހާލަތުގައިވާތީ ދަރުމައަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް އަންގާދިނުމަށް އެދިފައި.
14:35
20 Apr 2020
ފިހާރަ ތަކުން ޑެލިވަރީ އޯޑަރު ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 9:00 އިން 15:00 އަށް
14:25
20 Apr 2020
މިއަދުން ފެށިގެން ފިހާރަ އަދި ކެފޭ ތަކުން ޑެލިވަރީގެ ޚިދުމަތް ލިބިލައްވާނެ
މިއަދުން ފެށިގެން ފިހާރަ އަދި ކެފޭ ތަކުން ޑެލިވަރީގެ ޚިދުމަތް ލިބިލައްވާނެ