ޚަބަރު

ކާވިޔާ ބޯޓުން ދަތުރުކުރި އެއްވެސް މީހަކާ ބައްދަލުވެފައިވާ މީހެއް ހުރިނަމަ އެކަހެރި ވުމަށް އަނގައިފި

ކާވިޔާ ބޯޓުން މިމަހު 16 ވަނަ ދުވަހު އައި އެއްވެސް މީހަކާ ބައްދަލުވެފައިވާ މީހެއް ހުރިނަމަ އެކަހެރިވުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން އަންގައިފިއެވެ.

ސިއްހީމަރުކަޒުން ދާދި ދެންމެ ކޮށްފައިވާ އިޢުލާނެއްގައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން އިހަވަންދޫ އަށް ކާވިޔާ ބޯޓުން ދަތުރުކުރައްވާފައިވާ ފަރާތެއް ކޮވިޑް 19 އަށް ފައްސިވެފައިވާތީ، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާވިޔާބޯޓުން ދަތުރުކުރެއްވި އިހަވަންދޫގެ އެންމެހައި ފަރާތްތަކާއި އެފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުން އަމިއްލައަށް އެކަހެރިވުމަށް ދަންނަވާކަމަށެވެ.

ޢަބުދުﷲ ޙަމީދު