ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި

.

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން ހިންގި ޕައިލެޓް ޕްރޮގްރާމެއް ކަމަށްވާ “ޔަންގް ފިޝަރސް ކުލަބް” ގެ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ބެޖް ހަވާލުކޮށްފިއެވެ. އެދަރިވަރުންނަށް ބެޖް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އިހަވަންދޫ ސްކޫލްގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

“ޔަންގް ފިޝަރސް ކުލަބް” ގެ މިފަހަރުގެ ޕްރޮގްރާމް ނިންމާފައިވަނީ ބައިވެރިވި ކުދިންގެ ތެރެއިން 35 ކުއްޖެކެވެ. އޭގެތެރެއިން 25 ކުދިންނަކީ އަންހެން ކުދިންކަން ފާހަގަކުރެވެއެވެ.

ސީ ސްކައުޓް ކޮންސެޕްޓަށް ކުރިޔަށްގެންދިޔަ “ޔަންގް ފިޝަރސް ކުލަބް” ގައި ބައިވެރިވި ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާފައިވާއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން މުރަކަ މުރަކަ މުޑުވައްކުރާނެ ގޮތާއް މުރަކަ ހައްދާ ބަލަހައްޓާނެގޮތްވެސް މިޕްރޮގްރާމްގެ ދަރިވަރުންނަށްވަނީ ކިޔައިދީފައެވެ.

މި ޕްރޮގްރާމް ސްޕޮންސަރ ކޮށްފައިވަނީ ދިރާގުންނެވެ. މިޕްރޮގްރާމް ލާންޗްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. މިއީ މިފަދަ ކޮންސެޕްޓަކަށް ރާއްޖޭގެ ސުކޫލެއްގައި މިހާތަނަށް ކުރިޔަށް ގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތްތަކަން ފާހަގަކުރެވެއެވެ.