ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ

.

ފެނަކަ އިހަވަންދޫ ބްރާންޗްގެ ޖަނަރޭޓަރު ނަންބަރު 2 (އެއް މެގަވޯޓް) ގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން ފަށާފިއެވެ. އެގޮތުން މިވަގުތުވެސް ރަށުގެ އިރުމަތީ ކޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓްވަނީ ކެނޑިފައެވެ.

ފެނަކައިންވެސް ވަނީ ފެނަކަ އިހަވަންދޫ ބްރާންޗްގެ ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ޖެހުމާއި ގުޅިގެން ރަށުގެ ބައެއް ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެކަމަށް އިޢުލާންކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި ދިމާވެފައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އެގޮތުން  ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާނަމަ ކަރަންޓަށް ދިމާވެފައިވާ މައްސަލަ މިއަދުގެ ވަގުތެއްގައި ހައްލުކުރެވޭނެއެވެ.