އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދާ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓް ފަށައިފިއެވެ. މިއީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ފުރުސަތުދީގެން، އިމަގުން މުޅިން އަލަށް ފަށާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދަނީ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިން 6 ޓީމަކަށް ބަހާލައިގެންނެވެ. މިފަހަރުގެ މުބާރާތަށް ކުޅުންތެރިން ބަހާލާފައިވާ ޓީމް ތަކަކީ މަންދާރަ، ޗާރލީ، ޓީމް ޑެޑީސް، ކަލްމިންޖާ، ބެރެބެދި އަދި މުކައްބާއެވެ. ރޭ މިމުބާރާތުގެ ކުޅުން ފަށާފައިވާއިރު، މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ ރެއާހަމަޔަށް މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނެއެވެ. މިމުބާރާތުގެ މެޗްތަށް ކުޅެނީ އިހަވަންދޫ ޣާޒީ ދަނޑުގައެވެ. މެޗްތައް ރޭގަނޑު ކުޅޭ މިމުބާރާތުގެ ކުޅުން ފަށަނީ 9 ގަޑި 30 ގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ  މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ ރޭ  9:30 ހުގައި އިހަވަންދޫ ޣާޒީ ދަނޑުގައެވެ.