އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

.

އިހަވަންދޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.

އެގޮތުން ރަށުގެ އެކިސަރަހައްދުތަކުން ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ މައްސަލައިގެ އިތުރުން މިއަދުވަނީ ތަފާތު ދެ ހާދިސާއެއްގެ ސަބަބުން ކަރަންޓް ކެނޑިފައެވެ. އެގޮތުން ފުރަތަމަ ކަރަންޓް ކެނޑެން މެދުވެރިވީ ރަށުގެ ހުޅަނގުކޮޅުގައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި މިއަދު މެންދުރު އަލިފާން ރޯވުމާއިގުޅިގެންނެވެ. އައު ޑިސްޓްރިބިއުޝަން ފޮއްޓެއް ހަރުކޮށް ކަރަންޓް ދިންނަމަވެސް އަނެއްކާވެސް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން މެދުވެރިވީ މިރޭ އިރުއޮށްސުނު ވަގުތު 1 މެގަވޮޓް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެމައްސަލަ ހައްލުކޮށް މިހާރުވަނީ މުޅިރަށަށް ކަރަންޓްދީފައެވެ.

އިހަވަންދޫގެ ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރަށުގެ 3 ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓައިނިމި ޕަވަރހައުސްގެ އައު ކޮންޓްރޯލް ޕެނަލް މިހާރުވަނީ އިންސްޓޯލް ކޮށްފައެވެ. މިހާރުކުރިޔަށްދަނީ ޓްރަންސްފޯމަރުތައް ޑިސްޓްރިބިއުޝަން ފޮށިތަކާއި ގުޅުމުގެ މަސައްކަތެވެ.