ޔޫތުން ހާންދުއަށް ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް
2020 ވަނަ އަހަރުގެ މައިކަޕަށް "ތިންތަރިއަށް" ނިކުންނަ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން، އިހަވަންދޫގެ ފުޓްބޯޅައިގެ ތާރީޚްގައި އަދި މައިކަޕްގެ ތާރީޚްގައި ވެސް ކުޅުންތެރިއަކަށް ކުރި އެންމެ ބޮޑު ބިޑް، އެން.ވީ.ކޭގެ ހުނަރުވެރި މިޑްފީލްޑަރ، ގުލްފާމުގޭ ހާމިދު (ހާންދު)އަށް ކޮށްފިކަމުގެ ޚަބަރު މި ނޫހަށް ލިބިއްޖެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ހާންދުއަށް ޔޫތުންކުރި ބިޑް، ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑެވެ. މި ބިޑްގައި އިތުރު ބޯނަސްތަކެއް ވެސް ހިމަނާފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި އެހެން ޓީމަކާއެކު ހާންދު އެއްވެސް އެއްބަސްވުމަކަށް ވާސިލްވެފައި ވާނަމަ އެ އެއްބަސްވުމެއް ރޫޅައިލުމަށް ދައްކަން ޖެހިދާނެ އަގު އަދާކުރުމަށް ވެސް ޔޫތުން ތައްޔާރުވެފައިވާކަމަށް ވެއެވެ.
މި ފެންވަރުގެ ބިޑެއް ހާންދުއަށް ޔޫތުންކޮށްފައި މި ވަނީ އިހަވަންދޫގެ ނަން ހިނގާ ވަރުގަދަ ކުޅުންތެރިންތަކެއްގެ ޑީލް ނިންމައި، އެކަން ޔޫތުން ހާމަކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޔޫތުން މި ނޫހަށް ކުރިން ބުނެފައި ވަނީ މި އަހަރުގެ މައިކަޕަށް ޔޫތުން ނިކުންނާނީ މައިކަޕްގެ ތަށި ތިން ފަހަރަށް ނަގާ ފުރަތަމަ ޓީމަށް ވުމުގެ އަޒުމުގައި ކަމަށެވެ. ޔޫތަކީ 9 ވަނަ އަދި 13 ވަނަ މައިކަޕްގެ ތަށި ހިއްލައިލި ޓީމަށްވާއިރު، މައިކަޕްގެ ތަށި އެއްވެސް ޓީމަކަށް ތިން ފަހަރަށް ހޯދިފައި ނުވެއެވެ.
ޔޫތުން ކުރި މި ބޮޑު ބިޑްގެ އިތުރު ތަފްސީލްދިނުމަށް ޔޫތުގެ އެއްވެސް ވެރިއަކު ބޭނުމެއް ނުވިއެވެ. އަދި މި ބިޑާ ގުޅިގެން ހާންދު ނިންމި ގޮތް ވެސް ސާފުވާ ގޮތެއް ނުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔުނައިޓެޑް ޔޫތު މިފަހަރު ވަރަށް ތަފާތު..
29 - ނޮވެމްބަރު - 2020
ޔޫތުގެ ބައިލައްކަ ރުފިޔާގެ ބިޑަށް ނޫނެކޭ ބުނެ ހާމިދު، ޓީމާއެކު ޖަންގަލް އަށް
17 - ޖެނުއަރީ - 2020
ތިންތަރީގެ އަމާޒާއެކު ޔޫތު މެދުއުޑަށް
2 - ޖެނުއަރީ - 2020
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ފައިނަލަށް
18 - ޑިސެމްބަރު - 2019
މައި ކަޕް 2019: ދޭތިން އެކައްޗަށް ޔޫތުން ނިކުންނައިރު އެންވީކޭއިން ބުނަނީ އުޅުނަސް އެވަރެއް ނުވާނެކަމަށް
17 - ޑިސެމްބަރު - 2019
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ސެމީއަށް
14 - ޑިސެމްބަރު - 2019
މައި ކަޕް 2019: ގްރޫޕް އެކަކުން ތިން ޓީމު ކުއާޓަރއަށް
13 - ޑިސެމްބަރު - 2019
ކިތަންމެ ބޮޑު ހުށަހެޅުމަށް ލިބުނަސް، ޔޫތު ދޫކޮށް ނުލާނަން – ރިޗަރޑޭ
22 - ނޮވެމްބަރު - 2019
އެންމެން ސިއްސުވާލުމަށްފަހު ފަޔާޒު ޔުނައިޓެޑް ޔޫތަށް
19 - ނޮވެމްބަރު - 2019
ކަމެއް ޙާޞިލްވާނީ ހުވަފެނެއް ދެކިގެން: ޔުނައިޓެޑް ޔޫތު
31 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް