އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމް ސެމީއަށް ދަތުރުކުރިއިރު އަންހެންޓީމް ދެވަނަ ބުރަށް

މުޙައްމަދު އަކުރަމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، އިހަވަންދޫ ސްކޫލްގެ 19  އަހަރުން ދަށުގެ ފިރިހެން ޓީމް ކެޔޮދޫ ބަލިކޮށް އަތޮޅު ބުރުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އަންހެންޓީމް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި ޕޫލް “އޭ” ގައި ކުޅުނު ހުރިހާ މެޗަކުންވެސް އިހަވަންދޫ ސްކޫލްގެ ފިރިހެން ޓީމް މޮޅުވެފައިވާއިރު، އެޓީމް ދެން ނުކުންނާނީ މިމަހުގެ 30 ވަނަ ދުވަހު 15:00 ގައި ސެމީ ފައިނަލްމެޗަށެވެ. އެމެޗުން މޮޅުވެސްޖެނަމަ އަތޮޅު ކެޓަގަރީގެ ފައިނަލަށް އެޓީމް ދަތުރުކުރާނެއެވެ. މީގެ އިތުރުން ފިރިހެން ޓީމްވަނީ ދެ ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ. އެރައުންޑުގައި ވާދަކުރާނީ އަތޮޅު ކެޓަގެރީގެ 4 ޓީމަކާއި މާލެ ކެޓަގަރީގެ 4 ޓީމެކެވެ.

އިހަވަންދޫ ސްކޫލުން 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ވާދަކުރާ ޓީމަށް އަތޮޅު ކެޓަގަރީގެ ވަނަޔަކަށް ވާދަކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އެޓީމްވަނީ ދެ ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ. އެރައުންޑުގައި ވާދަކުރާނީ އަތޮޅު ކެޓަގެރީގެ 4 ޓީމަކާއި މާލެ ކެޓަގަރީގެ 4 ޓީމެކެވެ.